ދިވެހިރާއްޖެ
އިޢުލާން
ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި ހިންގާ އިންޑަސްޓްރިއަލް މަސައްކަތްތަކުގެ އީއައިއޭ ހެދުމާއިބެހޭ؛
މިކުންފުނީގެ ދަށުން ހިންގާ ފެލިވަރު ފިޝަރީޒްކޮމްޕްލެކްސް (ޅ.ފެލިވަރު) ގައި ހިންގާ އިންޑަސްޓްރިއަލް މަސައްކަތްތަކުގެ އެންވަރަމެންޓް އިންޕެކްޓް އެސެސްމެންޓް (އީއައިއޭ) އެއް ހަދަން ބޭނުންވެއެވެ.
މަސައްކަތުގެވެރިފަރާތް: މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީލިމިޓެޑް
ރަޖިސްޓަރީކުރުން: މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 ޖުލައި 09 ވާ ބްރާސްފަތި ދުވަހު 14:00 ގެ ކުރިން މި ކުންފުނީގެ ހެޑް އޮފީހަށް ވަޑައިގެން ނުވަތަ ފޯނުން ގުޅައިގެން ނުވަތަ [email protected] އަށް އީމެލްކޮށްގެން ރަޖިސްޓަރީ ކުރައްވަންވާނެއެވެ. (ރަޖިސްޓްރީ ނުކުރާ ފަރާތަކަށް ބީލަމުގައި ބައިވެރި ވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ،)
އާރްއެފްކިޔުދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް އާރުއެފްކިޔު ދޫކުރާނީ 2020 ޖުލައި 12 ވާ އާދީއްތަ ދުވަސް ނިމުމުގެ ކުރިން އީމެއިލު މެދުވެރިކޮށް ފޮނުވޭނެއެވެ.
ސުވާލާއިޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު އާރު އެފްކިޔު ލިބުމުން ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2020 ޖުލައި 14 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2020 16 ވާ ބްރާސްފަތި ދުވަހުގެ 16:00 ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
އަގު ހުށަހެޅުން: އަގު ހުށަހެޅުމުގެ ސުންގަޑިއަކީ 2020 ޖުލައި 19 ވާ އާދީއްތަ ދުވަހު 14:00 އެވެ. އަގުހުށަހަޅުއްވަންވާނީ އީމެލް މެދުވެރިކޮށެވެ. އަގު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަގުތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އަދި ހުށަހެޅި ކުންފުނިތަކުގެ މަޢުލޫމާތު ހުށަހެޅިއަގާއި މުއްދަތު އެނގޭގޮތަށް އަގުހުށަހެޅި ފަރާތްތަކަށް 2020 ޖުލައި 19 ވާ އާދީއްތަ ދުވަހު16:00 ގެ ކުރިން ފޮނުވޭނެއެވެ.
އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:
ފޯނު: 3323932
ފެކްސްް: 3323935
އީމެއިލް: contract@mifco.com.mv