ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471/1/2020/120
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 16:08
ސުންގަޑި: 09 ޖުލައި 2020 00:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އާންމު އިޢުލާން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ގެ IUL)138-AS7/138/2020/3) (ފެބްރުއަރީ 24 2020) ނަންބަރު އިއުލާނު ގެ ދަށުން ވެށިފަހި މާލެ ޕްރޮގްރާމްގެ މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަމަށް ސަރުކާރުން ލިޔުން ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބޯހިޔާވެހިކަން ހަމަނުޖެހޭ ފަރާތްތަކުން އެކަމާއި ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމަށް ވާނީ އިއުލާން ކުރެވިފައެވެ. ނަމަވެސް، ދިވެހިރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ޤާނޫނު ނަންބަރު 2012/17 (އާންމު ޞިއްޙަތު ރައްކާކުރުމުގެ ޤާނޫނު) ގެ ދަށުން ޚާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށްޓަކައި، ސަރުކާރުގެ އޮފީސްތައް 19 މާރިޗު 2020 ން ފެށިގެން ބަންދު ކުރުމާގުޅިގެން އަލުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ގެ IUL)138-AS7/138/2020/4) (މާރިޗް 24 2020) ނަންބަރު އިއުލާންގެ ދަށުން މި މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމަށް ދީފައިވާ މުއްދަތު ސަރުކާރުގެ އޮފީސްތައް އާންމުންނަށް ހުޅުވާލާ ތާރީޚުން ފެށިގެން 3 (ތިނެއް) ދުވަހުގެ މުއްދަތަށް އިތުރު ކުރެވޭނެކަމަށް ވަނީ އިއުލާން ކުރެވިފައެވެ.

އެހެންނަމަވެސް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލާ އެ މިނިސްޓްރީގެ މަސައްކަތްތަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ދަށަށް ރައީސުލްޖުމްހޫރިއްޔާ ބަދަލުކުރެއްވުމާ ގުޅިގެން މިދެންނެވި ލިޔެކިޔުންތަށް ހުށަހަޅާ މުއްދަތު  6 ޖުލައި 2020  އިން ފެށިގެން 3 (ތިނެއް) ދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ނިންމައި، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.

05 ޖުލައި 2020