ކުއްޔަށް ހިފުން
ނަންބަރު: (IUL) 167-PR/167/2020/33
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 20 ޖުލައި 2020 13:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ހިންމަފުއްޓާއި މާލެއާއި ދެމެދު ދަތުރުކުރާ ދޯންޏެއް ކުއްޔަށް ހިފުމަށް ބޭނުން ވެއްޖެ.

މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ ކ. ހިންމަފުށި (އައްސޭރި ޖަލު)ގައި ހުކުމް ތަންފީޒް ކުރަމުންގެންދާ ޤައިދީންނާއި ބަންދުމީހުން އަދި އެ ޖަލުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން މާލެ އާއި ހިންމަފުއްޓާއި ދެމެދު ދަތުރުކުރުމަށްޓަކައި ދޯންޏެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

            އަންދާސީ ހިސާބު ހުށަހެޅުން: 20 ޖުލައި 2020 ވާ ހޯމަ ދުވަހުގެ، 13:00 އަށް

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މި އިޢުލާނާއިއެކު މަޢުލޫމާތު ކަރުދާސް ހިމެނިފައިވާނެއެވެ.  

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

05 ޖުލައި 2020