އިޢުލާނު
|
މަޤާމު:
|
އެސިސްޓަންޓް ޑިރެކްޓަރ
|
މަޤާމުގެ ނަންބަރު:
|
J-323822
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
އެމް.އެސް 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް، ކ. މާލެ
|
ޔުނިޓް:
|
ނޯތު ޔުނިޓް
|
މުސާރަ:
|
-/7035 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/2000 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ޓެކްނިކަލް ކޯ އެލަވެންސްގެ ގޮތުގައި 1969.80ރުފިޔާ
- ޓެކްނިކަލް ކޯ އެލަވަންސް އަށް ޝަރުތު ހަމަނުވާ ފަރާތެއްނަމަ ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/900 ރުފިޔާ
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
- ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ
- ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި މުސާރައިގެ %35
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އެކި ބާވަތުގެ ހާނިއްކަ ލިބިފައިވާ ކުޑަކުދިންނާއި އެކުދިންގެ ޢާއިލާތަކަށް ޚިދުމަތްދިނުމަށްޓަކައި ޑިޕާޓްމަންޓްއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމާގުޅޭ އެހެން ދާއިރާތަކުން މަސައްކަތްކުރާ މިންވަރު އަތޮޅު ފެންވަރުގައި ބަލައި ވިލަރެސްކުރުމުގައި އެފްސީއެސްސީތަކަށް ބޭނުންވާ ލަފާދިނުމާއި، އެ މަސައްކަތުގެ ރިޕޯޓު ގަވާއިދުން ޑިޕާޓްމަންޓްއަށް ލިބޭނެ ނިޒާމެއް އެކަށައަޅައި، ރިޕޯޓުތައް ހޯދުން
- އެފް.ސީ.އެސް.ސީ ތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ލަސްވެފައިވާ މައްސަލަތައް ބަލައި މޮނިޓަރކޮށް، އެ މައްސަލަތަކުގައި ޢަމަލުކުރަންވީގޮތުގެ ލަފަޔާއި އިރުޝާދު އެފްސީއެސްސީތަކަށް ދިނުމާއި މައްސަލަ ކުރިއަށް ގެންދިއުމުގައި އެފަރާތްތަކަށް އެހީތެރިވެދިނުން.
- އެފް.ސީ.އެސް.ސީ ތަކަށް ފަންނީ މުވައްޒަފުން މަދު ސެންޓަރުތަކާއި ކޭސް ލޯޑް ނިސްބަތުން ގިނަވަމުންދާ ސެންޓަރުތަކާއި ޕެންޑިންގ ކޭސްލޯޑް ގިނަ ސެންޓަރުތަކުގެ ކޭސްތަކުގެ މަސައްކަތްތައް ކުރުމާއި، އެފަދަ ކޭސްތައް ނިންމުން.
- އެފްސީއެސްސީތަކުން ހުށަހެޅޭ މައްސަލަތަކުގައި ސެންޓަރުތަކުން އަމަލުކޮށްފައިވާ ގޮތާއި މަސައްކަތްތައް ކޮށްފައި ހުންނަނީ މިނިސްޓްރީގެ ފަރާތުން އެކުލަވާލައިފައިވާ ޕްރޮސީޖަރ މެނުއަލްގައިވާ ގޮތުގެ މަތިންތޯ ބެލުމަށާއި، މައްސަލަތަކުގައި ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ އިރުޝާދު ދިނުމުގެ ގޮތުން ގަވައިދުން އެފްސީއެސްސީ ތަކަށް ޒިޔާރަތްކޮށް ކޭސް ސުޕަވިޝަން ކުރިއަށްގެންދިއުން.
- އެފްސީއެސްސީތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ދައުލަތުގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓްތަކުން ބާއްވާ ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ އެ ކޮންފަރެންސްތަކުގައި މަޝްވަރާކުރެވޭ މައްސަލަތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށް ނިންމާ ނިންމުންތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެފްސީއެސްސީ މެދުވެރިކޮށް އެޅުން.
- އެފްސީއެސްސީތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސް ހިސާބު ކޮންމެ ހަފްތާއަކު އެއް ފަހަރު ހޯދައި މަސްދުވަހުގެ މައުލޫމާތު ކޮމްޕައިލްކުރުމާއި ޕީޕީއެމްއާރްޑީ އާއި މަސް ނިމުމުން ހިއްސާކުރުން.
- އެފްސީއެސްސީ ތަކަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެންނާއި މައްސަލަތަކުގައި މަސައްކަތްކުރާއިރު ދިމާވާ ދަތިތަކާއި ހުށަހެޅޭ މައްސަލަތަކުގައި ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން ޑިޕާޓްމަންޓްގެ ފަރާތުން އަންގަންޖެހޭ މުހިއްމު ކަންކަމާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ކޮންމެ ހަފްތާއަކު އެއްފަހަރު އެފް.ސީ.އެސް.ސީތަކާއިއެކު ކޯލް ކޮންފަރެންސްއެއް ބޭއްވުން.
- ސެންޓަރުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭގޮތުން ސެންޓްރަލް ލެވަލްގައި ކުރަންޖެހޭ މަޝްވަރާތައް ވިލަރެސް ކުރުމާއި އެ މަޝްވަރާތަކާއި ގުޅިގެން ނިންމޭ ނިންމުންތައް އެފްސީއެސްސީ މެދުވެރިކޮށް ތަންފީޒްކުރުން.
- އޯލްޓަނޭޓިވް ކެއަރގައި ރައްކާތެރިކަން ފޯރުކޮށްދެމުންދާ ކުދިންގެ ކޭސް މަސައްކަތްތައް މޮނިޓަރ ކުރުން.
- އޯލްޓަނޭޓިވް ކެއަރގައި ރައްކާތެރިކަން ފޯރުކޮށްދެމުންދާ ކުދިންގެ މައްސަލަތަކުގައި ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ އިރުޝާދު ދިނުމުގެ ގޮތުން ގަވައިދުން އޯލްޓަނޭޓީވް ކެއަރގެ ޚިދުމަތްތައް ފޯރުކޮށްދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ކޭސް ސުޕަވިޝަން ކުރިއަށްގެންދިއުން.
- އޯލްޓަނޭޓިވް ކެއަރ މަރުކަޒުތަކުން ދިމާވާ މައްސަލަތަކާ ގުޅިގެން ދައުލަތުގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓްތަކުން ބާއްވާ ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ އެ ކޮންފަރެންސްތަކުގައި މަޝްވަރާކުރެވޭ މައްސަލަތަކާ ގުޅޭ މައުލޫމާތު މަރުކަޒުތަކާ ހިއްސާކޮށް ނިންމާ ނިންމުންތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެމަރުކަޒު މެދުވެރިކޮށް އެޅުން.
- އިޖްތިމާޢީ ރައްކާތެރިކަން ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށްޓަކައި އުފައްދާފައިވާ ކޮމިއުނިޓީ ސޯޝަލް ގްރޫޕްތަކަށް ބޭނުންވާ އެހީތެރިކަންދިނުމާއި އެ ގްރޫޕްތަކާއި ގުޅިގެން އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުން.
- މުވައްޒފުންގެ އެޕްރައިޒަލް ފޯމް ފުރުމާއި، މަސައްކަތުގައި ދޭންޖެހޭ ލަފަޔާއި އިރުޝާދު ދިނުން
|
މަޤާމުގެ ޝަރުޠުތައް:
|
- ސައިކޮލޮޖީ، ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ، ކައުންސެލިންގ މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު ސޯޝަލް ސަރވިސް ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- ސައިކޮލޮޖީ، ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ، ކައުންސެލިންގ މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.
މިމަޤާމަށް ހުށަހަޅުއްވާ ފަރާތްތަކުން އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީވެފައިވާ (ލައިސަންސް އޮތް) ފަރާތެއް ކަމުގައިވާންވާނެއެވެ. އަދި މުއްދަތު ހަމަނުވާ ލައިސަންސް ހުށަހަޅުއްވަންވާނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން( www.csc.gov.mv ( އަދި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ވެބްސައިޓުން www.gender.gov.mv) ) ލިބެންހުންނާނެއެވެ.(
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކއު.އޭ ކޮލިފިކޭޝަން އެސިސްމަންޓް ރިޕޯރޓުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމް އާއި އެހެނިހެން ލިޔެކިއުންތައް (14 ޖުލައި 2020) ގެ (13:30) ގެ ކުރިން، ([email protected]) މި އީ-މެއިލް އެޑްރެސް އަށް ފޮނުވުންއެދެމެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، (15 ޖުލައި 2020) އާއި (31 އޮގަސްޓް 2020) އާ ދެމެދު، (މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް) ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027525، 3027551 އަށެވެ. އީ-މެއިލް ކުރާނީ ([email protected])އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
|