މަސައްކަތް
ނަންބަރު: (IUL)HDFC/2020/11
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 12:44
ސުންގަޑި:
12 ޖުލައި 2020 14:30
ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެޗް.ޑީ.އެފް.ސީގެ އޮފީސްތެރެ ފޮޅާ ސާފުކުރުމަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދައުވަތު
ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ.
މާލެ، ދިވެހިރާއްޖެ
އެޗް.ޑީ.އެފް.ސީގެ އޮފީސްތެރެ ފޮޅާ ސާފުކުރުމަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދައުވަތު
އިއުލާން ނަންބަރ: HDFC/2020/11 (05 ޖުލައި 2020)
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތާރީޚާއި ސުންގަޑި: 12 ޖުލައި 2020، 14:00އަށް
މަޢޫލޫމާތު ސާފުކުރުމަށް: 3334666
ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތު
- ހަފްތާއެކު 05 ދުވަހު އަމިއްލަ ތަކެތީގައި އޮފީސްތެރެ ފޮޅާ ސާފުކޮށް، ފެންފޮތިލާ ހެދުން (މީގެ ތެރޭގައި ފާރުތަކާއި، ސީލިންގ އާއި ބިއްލޫރިތައް ފޮހުމާއި، މޭޒުތަކާއި ގޮޑި އަދި ފާހާނާ ސާފުކުރުމާއި ވެކިއުމް ކުރުން)
- މިމަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 12 މަސްދުވަހަށެވެ.
- މަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު މިއިއުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓް (ޑައުންލޯޑްސް) އިން ލިބިވަޑައިގަންނަވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާއިރު އަގާއި އެކު ހުށަހަޅަންޖެހޭ ތަކެތި
- ކުންފުނީގެ ރަޖިސްޓްރީ ކޮޕީ
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- މިހާތަނަށް މިފަދަ ޚިދުމަތް ފޯރުކޮށްދީފައި އަދި ދެމުން ގެންދާ ތަންތަނުގެ ލިސްޓެއް
- ޚިދުމަތް ފޯރުކޮށްދެމުން އަންނަ ތަންތަނުން ދޫކޮށްފައިވާ ރިފަރަންސް ސިޓީތައް
- ތަނުގެ މުވައްޒިފުންގެ އަދަދު
- މިމަސައްކަތް ކުރުމަށް ގެންގުޅޭ އާލާތްތަކުގެ ލިސްޓެއް
- މިމަސައްކަތް ރާވައިގެން ގެންދަން ގަސްތު ކުރާ ގޮތުގެ ތާވަލްއަކާއި ކުރު ޚުލާސާއެއް
- މިފަދަ މަސައްކަތުގެ ތަޖުރިބާ ތަނުގައި ތިބި މުވައްޒިފުންނަށް ލިބިފައިވާ މިންވަރު އަންގައިދެވޭނެ ލިޔުމެއް
އެވޯޑްކުރުމުގައި ބަލާނެ ކަންތައްތައް
- މިފަދަ މަސައްކަތް ކުރުމަށް ކުންފުންޏަށް ނުވަތަ އެފަރާތަކަށް ލިބިފައިވާ ތަޖުރިބާ – 10 މާރކްސް
- ހުށަހަޅާ އަގު-80 މާރކްސް
- މަސައްކަތް ކުރުމަށް ގެންގުޅޭ މީހުންނާއި އާލާތްތައް – 10 މާރކްސް
އަންދާސީ ހިސާބު ހުށަހަޅުއްވާ ސިޓީއުރަ އެޑްރެސްކުރެވިފައި ހުންނަންވާނެ ގޮތް
- ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި "އެޗް.ޑީ.އެފް.ސީ ގެ އޮފީސް އިމާރާތް ފޮޅާ ސާފުކުރުން" މިހެން ލިޔެފައި އޮންނަން ވާނެއެވެ.
- އަދި ސިޓީ އުރައިގެ ބޭރު އެޑްރެސް ކުރައްވާނީ:
- ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ
- އެސިސްޓަންޓް ޖެނެރަލް މެނޭޖަރ - އެޑްމިންސްޓްރޭޝަން
05 ޖުލައި 2020