ދިވެހިރާއްޖެ
އިޢުލާން
1440 ވަނަ އަހަރުގެ މުދަލުޒަކާތް ބެހުމަށްޓަކައި މުޅިރާއްޖޭގެ ފަޤީރުންގެ ދަފްތަރު ރިވިއު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިނިސްޓްރީ އޮފް އިސްލާމިކްއެފެއާރޒްއިން ވަނީ ފަށާފައެވެ. މިގޮތުން ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން އެކަމަށްއެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު 05 ޖުލައި 2020 އިންފެށިގެން 23 ޖުލައި 2020 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:30 އިން 13:00 އަށެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދި ހުށަހަޅާފޯމް މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފޯމުތައް އިވެލުއޭޓްކޮށް ފަޤީރުންގެ ދަފްތަރު އެކުލަވާލާނީ މިނިސްޓްރީ އޮފް އިސްލާމިކްއެފެއާރޒްއިންނެވެ. ފޯމު ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގެ ފަހުން އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ކުރިން ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތެއް ހާލަތު ބަދަލުވުމާއި ގުޅިގެން ރަޖިސްޓަރީ އިން އުނިކުރުމަށް ބޭނުންވާނަމަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއަށް އެކަމަށް އެދި ސިޓީއަކުން ހުށަހެޅުމަށްޓަކައި މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.