ދެންނެވުން
ނަންބަރު: (IUL)259/2020/36
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 10:51
ސުންގަޑި: 23 ޖުލައި 2020 13:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1440 ވަނަ އަހަރުގެ މުދަލު ޒަކާތް ނެގުމާ ގުޅޭ

1440 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުމަށްޓަކައި ރާއްޖޭގެ ފަޤީރުންގެ ދަފްތަރު ރިވިއު ކުރުމަށް ފަގީރުންގެ ލިސްޓްގައި ރަޖިސްޓްރީވުމަށްޓަކައި ފުރުޞަތު ހުޅުވާލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ސާރކިއުލަރ ނަންބަރު 142-C2/CIR/2020/51 އިން ވަނީ އަންގާފއެވެ. ވީމާ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭފަރާތްތަކުން  އެކަމަށް އެދި ފުރިމަހަކުރަންޖެހޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2020 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު މި އިދާރާއިން ލިބެން ހުންނާނެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު ފަހު 13:00 އާ ދެމެދު އެވެ. 2020 ޖުލައި 23 ވަނަ ދުވަހުގެ މެންދުރު ފަހު 13:00 ފަހުން ހުށަހަޅާ ފޯމުތައް ބަލައި ނުގަނެނެވޭނެ ވާހަކަ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

05 ޖުލައި 2020