ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471-CDS6/471/2020/18
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 20:48
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީގެ ރިސެޕްޝަނުންދޭ ޚިދުމަތްތަކާ ގުޅޭ

ޢާއްމު އިޢުލާން

                                    

 

 ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި 2020 މާރިޗު 19 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް އާންމުކޮށް ނުހުޅުވާގޮތަށް ހަމަޖައްސަވައިފައި އޮތް އޮތުން ނިމުމަކަށް ގެންނަވައިފި ކަމަށާއި، 2020 ޖުލައި 5 ވާ އާދިއްތަ ދުވަހުން ފެށިގެން، ވަކި އުސޫލުތަކަކާއި މިންގަނޑުތަކާ އެއްގޮތަށް ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އަންގަވާފައެވެ. މިކަމާ ގުޅިގެން މި މިނިސްޓްރީ ވެސް ހުޅުވުމަށް ނިންމާފައިވީ ނަމަވެސް، ވަކި ގޮތެއް ނިންމެންދެން މިނިސްޓްރީގެ ރިސެޕްޝަނުގެ ޚިދުމަތްތައް އޮންލައިންކޮށް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

 

 ވުމާއެކު ކުރިއެކޭވެސް އެއްފަދައިން، މިނިސްޓްރީއިން ވަކި ގޮތަކަށް ހުށަހެޅުމަށް އެދި ޢިއުލާން ކުރެވިފައިވާ ތަކެތި ފިޔަވައި، މިނިސްޓްރީއަށް ހުށަހަޅުއްވާ ސިޓީތަކާއި ފޯރމްތަކާއި އިތުރު ހުށަހެޅުންތައް މިނިސްޓްރީގެ އީމެއިލް ([email protected]) ނުވަތަ އީ-ގަވަމަންޓްގެ ޒަރިއްޢާއިން ހުށަހެޅުއްވުމަށް ދަންނަވަމެވެ. މީގެ އިތުރުން މިނިސްޓްރީއަށް ހުށަހަޅުއްވާ ލިޔެކިޔުންތަކާއި ހުށަހެޅުންތަކާއެކު ދެލިކޮޕީ ހުށަހަޅަންޖެހޭ ޙާލަތުގައި، ރައްކާތެރިކަމާއެކު އެތަކެތި ސިޓީ އުރައެއްގައި ބަންދުކޮށް، މި ޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ނަމޫނާ ސްލިޕް ސިޓީއުރާގައި ތަތްކޮށް، މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު މިނިސްޓްރީގެ ރިސެޕްޝަން ބޭރުގައި ބަހައްޓަވާފައިވާ "ޑޮރްޕް ބޮކްސް" އަށް އެޅުއްވުމަށް ދަންނަވަމެވެ. މިގޮތުން، ޑްރޮޕް ބޮކްސްއަށް އަޅުއްވާ ލިޔެކިޔުންތައް ބޮކްސްއަށް އެޅުއްވުމުގެ ކުރިން މިނިސްޓްރީގެ އިސްވެ ދެންނެވުނު މެއިލްއަށް ފޮނުއްވާ ދެއްވުމަށް ދަންނަވަމެވެ.

 ރިސެޕްޝަން ބޭރުގައި ބަހައްޓާފައި ހުރި ޑްރޮޕް ބޮކްސް އަށް ތަކެތި ހުށަހެޅޭނީ ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު8:30  އިން މެންދުރު 13:30 އާ ހަމައަށެވެ. އަދި މި ވަގުތު ތަކުގައި ޑްރޮޕް ބޮކްސްއަށް ލެވޭ ތަކެތި އެދުވަހެއްގެ މެންދުރު 13:30 ގައި ނެގޭނެއެވެ. މިހެންކަމުން، މެންދުރު 13:30ގެ ފަހުން ޑްރޮޕް ބޮކްސް އަށް ތަކެތި ނުލެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 ޑްރޮޕް ބޮކްސް މެދުވެރިކޮށް ތަކެތި ހުށަހަޅާ ނަމޫނާ ސްލިޕް މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި ޑްރޮޕް ބޮކްސް އަށް ލެވޭ ލިޔެކިޔުން ބަލައިގަތް ކަމުގެ ސްލިޕް 01 ދުވަސްތެރޭގައި މެއިލް ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 އަދި ދަންނަވަމެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއިން ރައީސްލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، "މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް" 11 ޖޫން 2020 ވަނަ ދުވަހު އުވައިލައްވައި،  މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އިންފްރާސްޓްރަކްޗަރގެ ނަން "މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ"ގެ ނަމަށް ވަނީ ބަދަލުކުރައްވައިފައެވެ. މިބަދަލާ ގުޅިގެން، އުވާލެވުނު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ފަރާތުން މިހައިތަނަށް ކުރައްވަމުން ގެންދެވި އެންމެހައި ކަންތައްތައް، މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ކުރައްވަމުންގެންދަވާ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ.

 ވީމާ، އުވާލެވުނު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއާއި ގުޅުންހުރި ޚިދުމަތްތައް ހޯދުމަށްވެސް އިސްވެ ދެންނެވިފައިވާ ގޮތަށް ޑްރޮޕްބޮކްސް މެދުވެރިކޮށް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން އެދިލެއްވުމަށް ދަންނަވަމެވެ. މިއާއެކު، ޑްރޮޕް ބޮކްސްއަށް ތަކެތި ހުށަހެޅުމަށް މިނިސްޓްރީއަށް ދުރުވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.

 

  13 ޛުލްޤައިދާ 1441

04 ޖުލައި 2020

04 ޖުލައި 2020