މަސައްކަތް
ނަންބަރު: (IUL)305-ME305/305/2020/56
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 07 ޖުލައި 2020 11:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް އައުޓްޑޯރ ކުޅޭ ސާމާނު އިންސްޓޯލް ކުރުމާއި ގުޅޭ

އިޢުލާން

ޕްރީސްކޫލް އައުޓްޑޯރ ކުޅޭ ސާމާނު އިންސްޓޯލް ކުރުމާއި ގުޅޭ

މާކުރަތު ޕްރީސުކޫލަށް ގެނެވިފައިވާ އައުޓްޑޯރ ކުޅޭ ސާމާނު ރާވާ ހަރުކޮށް އިންސްޓޯލް ކުރުމާއި، ވޯކްވޭތަކާއި ޕްލޭ އޭރިޔާތަކަށް ފަސްއަޅާ ފަސްގަނޑު ލެވަލްކޮށް ވޯކްވޭތަކުގެ ފަސްގަނޑު ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. 

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 07 ޖުލައި 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ށް މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 ޖުލައި 2020 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީ ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  11 ޛުލްޤަޢިދާ 1441

02 ޖުލައި 2020