ދިވެހިރާއްޖެ
ފުނަދޫ ސްކޫލް |
|
ފުނަދޫ، |
|
ދިވެހިރާއްޖެ. |
އިޢުލާން ނަންބަރ: (IUL)GS-59-B/INDIV/2020/4
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ށ.ފުނަދޫ ސުކޫލްގެ މަލްޓިޕަރޕޯސް އިމާރާތުގެ ފުރާޅާއި ސީލިންގ ބަދަލުކުރުން
މި ސުކޫލުގެ އިޢުލާނު ނަންބަރު (IUL)GS-59-B/INDIV/2020/4 އިން 2020 ޖޫން 01 ގައި ހުޅުވާލެވުނު ބީލަން ބާތިލުކުރުމަށް ފަހު އަލުން ހުޅުވާލަމެވެ.
ށ.ފުނަދޫ ސްކޫލްގެ މަލްޓިޕަރޕޯސް ހޯލް އިމާރާތުގެ ފުރާޅާއި ސީލިންގ ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
# |
މަސައްކަތްތައް |
01 |
އިމާރާތުގެ ފުރާޅު ބަދަލުކުރުން |
02 |
އިމާރާތުގެ ސީލިންގ ބަދަލުކުރުން |
1 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ޖުލައި 02 ން 2020 ޖުލައި 8 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް ފުނަދޫ ސްކޫލް އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
2 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ޖުލައި 08 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
3 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 ޖުލައި 15 ވަނަ ދުވަހުގެ 11:00 ގައި ފުނަދޫ ސްކޫލްގައެވެ.
4 މިމަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 5,000/- ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ.
5 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
6 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
ފުނަދޫ ސްކޫލް، ރެހެންދިމަގު، ފުނަދޫ، ދިވެހިރާއްޖެ.
ފޯން: 6540540
އީ-މެއިލް: [email protected]
11 ޒުލްޤައިދާ 1441
02 ޖުލައި 2020