ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)340/340/2020/28
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 19:34
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގާނޫން ނަންބަރު 7/2010 ގެ ދަށުން ހަދާ ޢާއްމުކޮށްފައިވާ ގަވާއިދުތައް ތަންފީޒުކުރުމަށް ހަދަންޖެހޭ އުޞޫލްތައް ހަދާ ޢާއްމުކުރުން:
ގާނޫން ނަންބަރު 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫން) ގެ 151 ވަނަ މާއްދާގެ ދަށުން ހަދާ 2013 ޑިސެންބަރު 10 ވަނަ ދުވަހު ޢާއްމުކޮށް ގެޒެޓްކުރެވިފައިވާ މި ކައުންސިލްގެ ގަވާއިދުތައް ތަންފީޒުކުރުމަށް ހަދަންޖެހޭ އުޞޫލްތަކުގެ ތެރޭން ނުހެދިވާ ތިރީގައި މިދަންނަވާ 21 އުޞޫލް މި ކައުންސިލްގެ 93 ވަނަ ޢާއްމު ޖަލްސާއިން ނިންމާ ފާސްކޮށްފައިވާތީ އެ އުޞޫލްތައް ތަންފީޒުކުމަށްޓަކައި ޢާއްމުކުރަމެވެ. އަދި މި އުޞޫލްތައް ޢާއްމުކުރާ ދުވަހުން ފެށިގެން ތަންފީޒުކުރެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
- ރަށުގައި ޖަނަވާރު އަދި ދޫނި ސޫފާސޫފި ގެންގުޅުމާ ބެހޭ ޢުޞޫލް (ނަންބަރު: USL/340/2020/02)
- ރަށުގެ ޢާންމު ތަންތަނުގައި މުނިފޫހި ފިލުވުމުގެ ޙަރަކާތްތައް ބޭއްވުމާބެހޭ ޢުޞޫލް (ނަންބަރު: USL/340/2020/03)
- ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާބެހޭ ޢުޞޫލް (ނަންބަރު: USL/340/2020/04)
- މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާބެހޭ ޢުޞޫލް (ނަންބަރު: USL/340/2020/05
- ތިމާވެށި ހިމާޔަތްކުރުމާބެހޭ ޢުޞޫލް (ނަންބަރު: USL/340/2020/06)
- އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާ އެއްޗެތި ދުއްވުމާއި ބޭނުންކުރުމާބެހޭ ޢުޞޫލާއި މަގުމަގާއި ޢާންމު ތަންތަނުގައި ޕާކްކުރުމާއި ޕާކްކުރުމުގެ ފީ ނެގުމާބެހޭ ޢުޞޫލް (ނަންބަރު: USL/340/2020/07
- ކަނޑުތޮށީގައާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާބެހޭ ޢުޞޫލް (ނަންބަރު: USL/340/2020/08)
- މަގުމަތީގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާބެހޭ ޢުޞޫލް (ނަންބަރު: USL/340/2020/09)
- ފިހާރަ ފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި ފިހާރައިގެ ދޮރުން ބޭރުގައި މަގުމައްޗަށްވާ ގޮތަށް މުދަލާއި ތަކެތި ބެހެއްޓުމާބެހޭ ޢުޞޫލް (ނަންބަރު: USL/340/2020/10)
- ގޯތި ގެދޮރާއި ބިމާއި އިމާރާތް ކުއްޔަށް ދޫކުރުމާބެހޭ ޢުޞޫލް (ނަންބަރު: USL/340/2020/11)
- ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޢުޞޫލް (ނަންބަރު: USL/340/2020/12)
- ވަގުތީގޮތުން މަގު ބަންދުކުރުމާބެހޭ ޢުޞޫލް (ނަންބަރު: USL/340/2020/13)
- މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ޢުޞޫލް (ނަންބަރު: USL/340/2020/14)
- ގޭގެއިން މަގު ހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވާ، ޓިނު ފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ ޢުޞޫލް (ނަންބަރު: USL/340/2020/15)
- މަގުމަތި ކުނިކެހުމާ ބެހޭ ޢުޞޫލް (ނަންބަރު: USL/340/2020/16)
- މަގު ފާރު އަދި އިންފާރު ތަޅާލުމާބެހޭ ޢުޞޫލް (ނަންބަރު: USL/340/2020/17)
- ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ ޢުޞޫލް (ނަންބަރު: USL/340/2020/18)
- ޢާއްމު އުނދަގުލާބެހޭ ޢުޞޫލް (ނަންބަރު: USL/340/2020/19)
- ކައުންސިލުން ދޫކުރާ ހުއްދަތައް ދޫކުރުމާބެހޭ ޢުޞޫލް (ނަންބަރު: USL/340/2020/20)
- ރަށާ ގުޅިފައިވާ ކަނޑުގައި ނުވަތަ ރަށުގެ ފަޅުގައި ނުވަތަ ރަށުގެ ޢާންމު ތަންތަނުގައި ފިލްމު ނަގަން ހުއްދަ ދިނުމާއި ފީނެގުމާބެހޭ ޢުޞޫލް (ނަންބަރު: USL/340/2020/21)
- ރަސްދޫ ބަނދަރުބެލެހެއްޓުމާއި ބެހޭ އުޞޫލް (ނަންބަރު: USL/340/2020/22)
30 ޖޫން 2020