މަސައްކަތް
ނަންބަރު: 116-F3/IFB/2020/12
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 07 ޖުލައި 2020 11:45
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޕޮސް ހާރޑްވެއާރ ސަޕުލައިކޮށްދީ އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

     ބީލަން ހުށަހެޅުމުގެ ދަޢުވަތު

 ޕޮސް ހާރޑްވެއާރ ސަޕުލައިކޮށްދީ އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

      މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގެ ޑިއުޓީފްރީއަށް، މި ކުންފުނިން ދޭ މިންގަނޑުތަކާ އެއްގޮތަށް ޕޮސް ("ޕޮއިންޓް އޮފް ސޭލް") ހާރޑްވެއާރ ("ޕޮސް މެޝިން، ޕޮސް ޕްރިންޓަރު، ޕޮސް ޑްރޯވަރ، ޑިޖިޓަލް ބާކޯޑް ސްކޭނަރ، ޕާސްޕޯޓް ރީޑަރ، ސާވާރސް، ކްލައިންޓް ޕީސީ" ފަދަ ވަސީލަތްތައް) ސަޕުލައިކޮށްދީ އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

      މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2020 ޖުލައި 07 ވާ އަންގާރަދުވަހުގެ ހެދުނު 11:45 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށްޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

      ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2020 ޖުލައި 19 ވާ އާދިއްތަދުވަހުގެ ހެދުނު 11:45 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 ޖުލައި 19 ވާ އާދިއްތަދުވަހުގެ ހެދުނު 11:45 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

      ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

30 ޖޫން 2020