ދިވެހިރާއްޖެ
މި އެޖެންސީގެ އެއަރކޮންޑިޝަންތައް މަރާމާތުކޮށް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް:
މި އެޖެންސީގެ އެއަރކޮންޑިޝަންތައް 1 އަހަރުދުވަހުގެ މުއްދަތަކަށް މަރާމާތުކޮށް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި ޙިދުމަތާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ އަދި މި އެޖެންސީގެ ވެބްސައިޓް www.nspa.gov.mv ގައި ޝާއިއު ކުރެވިފައި ވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ ތިރީގައިވާ ގަޑިތަކުގައި މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުމަށް އެދި ދަންނަވަމެވެ.
ތަފްޞީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
06 ޖުލައި 2020 |
ހޯމަ |
12:00 |
އަންދާސީހިސާބު ހުށަހެޅުން |
13 ޖުލައި 2020 |
ހޯމަ |
12:00 |
މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ) ގެ މީޓިންގ ރޫމްއަށް. |
|||
އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ) ގެ މީޓިންގ ރޫމްއަށް. |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
- ފޯން: 3005353
- ފެކްސް: 3003535
- އީމެއިލް: [email protected]
30 ޖޫން 2020
09 ޖުލްޤައިދާ 1441
.