ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)405-A/2020/35
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 15:02
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯޗައް ގޯތި ބަދަލްކުރު މާއި ގުޅޭ

އިޢުލާން

 

ގޯޗައް ގޯތި ބަދަލްކުރު މާއި ގުޅޭ

 

                    ކުނަހަންދޫއިން ގޯތި ދީފައިވާ ފަރާތްތަކުގެ ތެރެއިން ގޯތީބޭނުން ނެތިގެން ދޫކޮއްލާފައިވާ ގޯތިތަކާއި ގޯތި ނުދީ ހުރި ފޫޓް ހަމަނުވާ ހުސް ބިންތަކަށް  ގޯތި ބަދަލް ކޮއްދެއްވުމަށް އެދި މި ކައުންސިލަށް ހުށަ އަޅަމުން ގެންދާތީ ދަންނަވަމެވެ. މި ކަމަކީ އާންމު ރައްޔިތުންގެ މަސްލަހަތާއި ގުޅުން ހުރި ކަމަކަށް ވާތީ، ލ.ކުނަހަންދޫ ސްވީޓްޑްރީމްގެ އިރުމަތީގައިވާ 3000 އަކަފޫޓް ހަމަ ނުވާ ބިމާއި، ރަސްމާދޫގޭ ދެކުނުފަރާތުގައި ވާ 3000އަކަ ފޫޓްގެ 2 ގޯއްޗާއި، އުރީދޫ އެންޓަނާ ކައިރީގައިވާ 3000އަކަ ފޫޓްގެ 3 ގޯތީގެ ތެރެއިން ގޯޗަކަށް މިހާރު ދޫކޮއްފައިވާ ގޯތިތަކުގެ ތެރެއިން  ގޯޗެއް ބަދަލް ކުރަން ބޭނުންވާ ފަރާތެއް ހުރިނަމަ 8 ޖުލައި 2020 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން މި ކައުންސިލަށް އެކަން ސިޓީއަކުން އަންގަވައި ދެއްވުން އެދެމެވެ.

                    އަދި 1 ޖޫން 2020ގެ ފަހުން މިކަމަށް އެދި ހުށައަޅާ ފައިވާ އެއްވެސް ފަރާތެއް އަލުން ހުށައަޅަން ނުޖެހޭނެ ކަމުގައިވެސް ދަންނަވަމެވެ. އެހެންކަމުން ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި މަތީގައި ދެއްނެވުނު ބިންތަކުގެ ތެރެއިން ބޭނުންވާ ބިމަކަށް ބަދަލްކޮއްދެއްވުމަށް އެދި މި ކައުންސިލަށް ސިޓީ ހުށައަޅާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމަށްފަހު ގޯތި ބަދަލްކުރުމުގެ އިންތިޒާމް ހަމަޖައްސައި ދެވޭނެ ކަމުގައި ދަންނަވަމެވެ.

                     ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޖޫން 2020