ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-A2/1/2020/64
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 07 ޖުލައި 2020 18:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕާކްކޮށްފައިވާ ވެހިކަލްތައް ނެގުމާއި ބެހޭ.

ހެންވޭރު ކާނިވާ ސަރަޙައްދުގައި ޕާރކިންގ ޒޯނެއް ހެދުމަށްޓަކައި، އެސަރަޙައްދުގައި މިހާރު ޕާކުކޮށްފައިހުރި 4 ފުރޮޅުލީ އުޅަންދުތައް ބަހައްޓާފައިވާ ފަރާތްތަކުން، 7 ޖުލައި 2020ވާ (އަންގާރަ) ދުވަހުގެ އިރުއޮއްސި 6:00ގެ ކުރިން މިއުޅަނދުތައް ނަގައި މިސަރަޙައްދު ހުސްކޮށްދެއްވުމަށް ދަންނަވަމެވެ.

           މިތާރީޚުގެ ނިޔަލަށް އެޒޯނުން ނުނަގާ ހުރި ވެހިކަލްތައް މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް އެތަނުން ޓޯކޮށްގެން ގެންދެވޭނެ ވާހަކަ ދެންނެވީމެވެ. މިވެހިކަލްތައް ނެގުމުގައި ދިމާވެދާނެ ގެއްލުމަކަށް މިކައުންސިލުން ޒިންމާނުވާނެ ވާހަކަވެސް ދެންނެވީމެވެ. ވެހިކަލްތައް އެޒޯނުން ނެގުމަށް އަންގަން ޖެހުނީ، ހެންވޭރު ކާނިވާ ސަރަހައްދުގެ ޕާރކިންގ ޒޯންއިން ޖާގައަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުމަށްފަހު ހޮވުނު ފަރާތްތަކަށް ޕާރކިންގ ޖާގަ ހަވާލުކުރުމަށްޓަކައެވެ.   

 

          

                                7 ޒުލްޤައިދާ 1441

28 ޖޫން 2020