ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު: GMIZL/IUL/PROC/2020/015
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ފުރުޞަތު
ކ. ގުޅިފަޅުގައި ހަދާފައިވާ ލޭބަރ އެކޮމަޑޭޝަން ފެސިލިޓީގެ މަސައްކަތްތައް ނިންމުމަށް ބޭނުންވާތީ، ކަމުގެ ތަޖުރިބާ އާއި ޤާބިލުކަން ހުރި 'ކުދި އަދި މެދު ފަންތީ'ގެ ވިޔަފާރިތަކަށް، މި މަސައްކަތްތައް ކުރުމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި އެކަށީގެން ވާ ތަރުހީބު ލިބިފައިނުވާތީވެ އިޢުލާން ނަމްބަރު (GMIZL/IUL/PROC/2020/013) ބާޠިލްކޮށް އަލުން މި މަސައްކަތަށް އީ.އޯ.އައި ހުށަހެޅުމަށް ދައުވަތު އަރުވަމެވެ.
އީ.އޯ.އައި ހުށަހަޅުއްވާއިރު ސަމާލުކަން ދެއްވަންވީ ކަންތައް:
- އީ.އޯ.އައި ހުށަހެޅޭނީ ހަމައެކަނި 'ކުދި އަދި މެދު ފަންތީ'ގެ ވިޔަފާރިއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
- މި މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ، އީ.އޯ.އައި އާއި އެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހަމައަށް ހުށަހަޅާ ފަރާތްތަކަށް އެކަންޏެވެ.
- މި މަސައްކަތް ކުރުމަށް ބޭނުންވާ ހުރިހާ މެޓީރިއަލްސް އެއް މި ކުންފުނިން ފޯރުކޮށް ދޭނެއެވެ.
- ކޮންސްޓަރަކްޝަންގެ އަމަލީ މަސައްކަތްތަކަށް (ލޭބަރ އަދި އިކުއިޕްމަންޓްސް) ކުރަންޖެހޭ ހަރަދުތައް ކުރާނީ ބިޑް ކާމިޔާބު ކުރާ ފަރާތުންނެވެ.
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
- އީ.އޯ.އައި އަށް ހުށަހަޅާ ސިޓީ
- ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
- ކުދި އަދި މެދު ފަންތި ވިޔަފާރި (SME) ރަޖިސްޓްރީ ކޮޕީ
- ފާއިތުވި 5 އަހަރު ތެރޭ ކޮށްފައިވާ ކޮންސްޓްރަކްޝަން މަސައްކަތުގެ ތަފްސީލް ހިމެނޭ، މަދުވެގެން 2 ރިފަރެންސް ލެޓަރ ހުށަހަޅަން ވާނެއެވެ. އަދި ހުށަހަޅާ ސިޓީތަކުގައި މަސައްކަތް ހަވާލު ކުރިފަރާތް، ޕްރޮޖެކްޓްގެ ނަން، ކުރި މަސައްކަތް، އަދި ހޭދަވި މުއްދަތު، ފަދަ މައުލޫމާތު ހިމެނިފައި އޮންނަން ވާނެއެވެ.
ވީމާ މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއި އެކު ތިރީގައިވާ ތާވަލާއި އެއްގޮތަށް އި.އޯ.އައި ހުށަހެޅުމަށް ދަންނަވަމެވެ.
ތަފްޞީލް |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
އީ.އޯ.އައި ހުށަހެޅުން |
ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ |
ހޯމަ އިން ބުރާސްފަތި އަށް |
29 ޖޫން 2020 އިން 2 ޖުލައި 2020 އަށް |
ހެނދުނު 9:00 އިން މެންދުރު 12:00 ދެމެދު |
28 ޖޫން 2020
07 ޛުލްޤަޢިދާ 1441
ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލި Fen Building/ 4th floor
އަމީނީމަގު، މާލެ، ދިވެހިރާއްޖެ Ameenee Magu, Male’, Republic of Maldives
ފޯން: 3307513،3307515 ފެކްސް: 3307514 Tel: 3307513, 3307515 Fax: 3307514