ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ޅ) އިން ޕެންޝަން އޮފީހުގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުން ޢައްޔަން ކުރެވޭ ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.
މަޤާމުގެ ތަފްޞީލް:
މަޤާމް: ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)
ވަޒީފާގެ މުއްދަތު: 3 އަހަރު(ޕަރފޯމަންސްއަށް ބަލައި މުއްދަތު އިތުރު ކުރެވޭގޮތަށް)
މުސާރަ އާއި ޢިނާޔަތްތައް: ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ކަނޑައެޅޭނެ
ވާޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)
ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)
ފެންވަރު ނުވަތަ ޝަރުޠު:
-
ގުޅުންހުރި ދާއިރާއަކުން ބެޗެލާރސް ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވުން.
-
މިފެންވަރުގެ މަޤާމެއްގައި މަދުވެގެން 5 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
-
ޑައިނަމިކް ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.
-
އެގްޒެކެޓިވް ސްޓެރެޓެޖިކް ޕްލޭނިންގ އަދި ޕޮލިސީ ޑިވެލޮޕްމަންޓްގެ ދާއިރާއިން ފަންނީ ތަޖްރިބާ ލިބިފައިވުން.
-
އިނގިރޭސިބަހުން މުއާމަލާތްކުރުމާއި ލިޔުންތެރިކަމުގެ ހުނަރު ހުރުން.
-
ޝޯޓްލިސްޓް ކުރުމުގައި ފައިނޭންޝަލް އަދި ޕެންޝަނާއި ގުޅުންހުރި ދާއިރާއިން ތަޖުރިބާ ހޯއްދަވާފައިވާ ފަރާތްތަކާއި، މިފަދަ އިންސްޓިޓިއުޝަންސް ތަކުގައި އެގްޒެކެޓިވް މަޤާމު އަދާ ކުރައްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި އެހެނިހެން ޝަރުޠުތައް:
މި މަޤާމުގެ މަސްއޫލިއްޔަތުތަކާއި އެހެނިހެން ޝަރުޠުތަކާ ގުޅޭ މަޢުލޫމާތު ބަޔާންކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއިއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
-
މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓަރ)
-
ފުރިހަމަ ކުރެވިފައިވާ "ޖޮބް އެޕްލިކޭޝަން ފޯމް" އަދި "ފިޓް އެންޑް ޕްރޮޕަރ ޑެކްލަރޭޝަން ފޯމް"(ފޯމު މިއޮފީހުގެ ވެބްސައިޓް www.pension.gov.mvގައި އިޢުލާނާއިއެކުހިމަނާފައި)
-
ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)
-
ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓުގެ ޑޭޓާ ޕޭޖްގެ ކޮޕީ
-
ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިވާ)ކޮޕީ
-
މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔެކިޔުމާއި އިތުރު ސަޕޯޓިންގޑޮކިއުމަންޓްސް
އެޕްލިކޭޝަން ހުށަހަޅަންވީ ގޮތް:
-
އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ހުށަހަޅާނަމަ، މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަން (އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެއްޗާއިއެކު)ފޮނުވާނީ [email protected] އީމެއިލް އެޑްރެހަށެވެ.
-
އިލެކްޓްރޯނިކް ވަސީލަތް މެދުވެރިނުކޮށް ހުށަހަޅާނަމަ، މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަން (އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެއްޗާއިއެކު)އޮންނަންވާނީ ތިރީގައިވާ ގޮތަށް އެޑްރެސް ކުރެވި، ސިއްރު ޖެހުމަށްފަހު ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
Application for the post of CEO of Pension Office Secretariat of Pension Office Board Maldives Pension Administration Office City Square (8th Floor), Chaandhanee Magu Male’, Maldives |
ނޯޓް:
-
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު ޕެންޝަން އޮފީހަށް ލިބިގެންވެއެވެ.
-
މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠުތައް ހަމަވެ،ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
-
ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން "ކުށުގެ ރިކޯޑް ފޯމް" ފުރިހަމަކޮށް، ޕެންޝަން އޮފީހުގެ އެންގުމުގެ މަތިން ހުށަހަޅަންވާނެއެވެ.
ސުންގަޑި:
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ކުރިމަތިލައްވަން ޝައުޤުވެރި ވެވަޑައިގަންނަވާ ފަރާތްތަކުން، މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު 16 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން، މަތީގައިވާ ގޮތުގެމަތީން ޕެންޝަން އޮފީހުގެ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަސްއޫލިއްޔަތުތަކާއި އެހެނިހެން ޝަރުޠުތަކާ ގުޅޭ މަޢުލޫމާތު ހިމެނޭ ޓާރމްސް އޮފް ރެފަރަންސް، ވަޒީފާއަށް އެދި ހުށަހަޅާ ޖޮބް އެޕްލިކޭޝަން ފޯމް އަދި "ފިޓް އެންޑް ޕްރޮޕަރ ޑެކްލަރޭޝަން ފޯމް" މި އޮފީހުގެ ވެބްސައިޓް: www.pension.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް،
ސިޓީ ސްކޮއަރ (8 ވަނަ ފަންގިފިލާ)،
ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ.
ފޯނު ނަންބަރު: 1441
އީމެއިލް އެޑްރެސް: [email protected]