ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)405-A/2020/31
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 13:37
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނަހަންދޫގެ އެކި ސަރައްހައްދުތަކަށް ކުނިއެޅުމާއި ގުޅޭ

 

 

އިޢުލާން

 

ކުނަހަންދޫގެ އެކި ސަރައްހައްދުތަކަށް ކުނިއެޅުމާއި ގުޅޭ

           

ކުނަހަންދޫގެ އެކި ސަރަހައްދުތަކަށް ކުނިބުނި އަޅައި އާންމު ރައްޔިތުންނަށް ދަނީ އެކިކަހަލަ ދަތިތަކާއި ކުރިމަތިވަމުންނެވެ. އެގޮތުން ނެޕީ އާއި ކުނިވާޒާތުގެ ކުނި ވަކިތަނެއް ބެލުމެއްނެތި ބައެއް ފަރާތްތަކުން ދަނީ އެކި ސަރަހައްދު ތަކަށް އަޅަމުންނެވެ. މިކަމަކީ އާންމު ބަލިތަށް ފެތުރުމަށް މަގުފަހިވާކަމެކެވެ. މިކަން ހައްލުކުރުމުގެ ގޮތުން އެތަކެއް ފަހަރު މި ކައުންސިލުން ވާނީ ކުނިވާޒާތުގެ ކުންޏާއި ނެޕީ ފަދަ ތަކެތި މީހުން ދިރިނޫޅޭ އަދި އާންމުކޮށް ގޮސް ނޫޅޭ ސަރަހައްދުތަކުގައި ވަޅުލުމަށް އަންގާފައެވެ. ނަމަވެސް ގިނަ ފަރާތްތަކުން މިގޮތަށް އަމަލުކުރަމުން ނުދާތީ އެކަމުގެ ސަކުވާތައް މި ކައުސިލަށް ދަނީ ލިބެމުންނެވެ. އަދި މި ކަމަކީ 31 ޑިސެމްބަރު 2013ގައި މި ކައުންސިލުން ދިވެހިސަރުކާރުގެ ގެޒެޓްގައި އާންމުކޮއްފައިވާ ނަމްބަރ 2013/R-2025 ކުނިއުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ގަވައިދުގައި މަނާ ކަމަކަށް ވެފައި އާންމުރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުހަނު ގެއްލުން ހުރި ކަމެކެވެ. އެގޮތުން ވެށި ރީތިކޮށް ބެއްވުމަކީ ހުރިހާ ފަރުދުން ގުޅިގެން ނޫން ގޮތަކަށް ނުކުރެވޭނެ ކަމަކަށް ވާތީ، އެއްވެސް ފަރާތަކުން މިހާރު ކުނިއެޅުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުތަށް ނޫން ސަރަހައްދުތަކަށް ކުނި ނޭޅުމަށް ދަންނަވަމެވެ. އަދި ކުނިއަޅާނެ ސަރަހައްދާއި ކުނިއެޅުން ވަނާ ސަރަހައްދު ވަކިކޮށް މިހާރު ވާނީ ރަށުގެ އެކި ސަރަހައްދު ތަކުގައި ބޯޑު ހަރުކުރެވިފައެވެ. އަދި މި ގޮތަށް ހަރުކުރެވިފައިވާ ބޯޑުތަކަށް އެއްވެސް ފަރާތަކުން ގެއްލުންދީ ބަދަލްކޮއްގެން ވެސް ނުވާނެއެވެ.

                އެހެންކަމުން މި ކައުންސިލުން ކުނިމެނޭޖުކުރުމުގެ އިތުރު ގޮތެއް ކަނޑައަޅަންދެން މިހާރު ރަށުގެ ސަރަހައްދު ތަކުގައި ޖަހާފައިވާ ބޯޑު ތަކާއި އެއްގޮތަށް ކުނިއަޅުމަށް ހާއްސަކުރެވިފައިވާ ސަރަހައްދުތަކަށް ކުނިއަޅަމުންގެންދިއުމަށް ދަންނަވަމެވެ. އަދި މިގޮތަށް އަމަލުކުރަމުން ނުދާ ފަރާތްތަކާއި މެދު  31ޑިސެމްބަރު 2013ގައި މި ކައުންސިލުން ދިވެހިސަރުކާރުގެ ގެޒެޓްގައި އާންމުކޮއްފައިވާ ނަމްބަރ 2013/R-2025ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ޤަވައިދާއި އެއްގޮތަށް އަމަލުކުރެވޭނެއެވެ. އަދި އެ ގަވައިދުގެ 11ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮއްފައިވާ ގޮތުގެމަތިން ގަވައިދާ ހިލާފަށް ކުނިއަޅަމުން ގެންދާ ފަރާތްތަށް ޖޫރިމަނާކުރެވޭނެއެވެ. މި އިޢުލާން އާއި ގުޅިގެން އަމަލުކުރާނީ ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާގެ ނަމްބަރ 2013/R-2025ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ޤަވައިދާއި، ޤާނޫން ނަމްބަރު 93/4(ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާބެހޭ ޤާނޫނު)އަށެވެ. ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

 

 ކުނިއުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ޤަވައިދުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޖޫރިމަނާގެ އަދަދުތަށް

 

#

ވަނަ 

ޖޫރިމަނާ ފައިސާގެ އަދަދު

1

ފުރަތަމަ ފަހަރު

ނަސޭހަތް ދިނުން 

2

ދެވަނަ ފަހަރު

500ރ އާއި 1000ރުފިޔާ އާއި ދެމެދު

3

ތިން ވަނަ ފަހަރު

1000ރ އާއި 3000ރުފިޔާ އާއި ދެމެދު

4

ހަތަރު ވަނަ ފަހަރު

3000ރ އާއި 5000ރުފިޔާ އާއި ދެމެދު

5

ފަސްވަނަ ފަހަރުންފެށިގެން އިތުރުވާ ކޮންމެ ފަހަރަކު

5000ރުފިޔާ

02 ޒުލްޤައިދާ 1441

23  ޖޫން  2020

       

 

23 ޖޫން 2020