ވަޒީފާގެ ފުރުޞަތު
ނަންބަރު: GS145/HR/IUL/2020/006
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 29 ޖޫން 2020 13:30
ގުރައިދޫ ސްކޫލް ކ.ގުރައިދޫ
ދިވެހިރާއްޖެ
މުދައްރިސުން ބޭނުންވެއްޖެ

 

 

 

އިޢުލާން

ތާރީޙް: 23 ޖޫން 2020                                                ނަންބަރ: GS145/HR/IUL/2020/006   

ރިލީފް ޓީޗަރެއް ބޭނުންވެއްޖެ

 

މަޤާމް

ބޭނުންވާ އަދަދު

ދިވެހި މުދައްރިސް

01

ޕްރައިމަރީ މުދައްރިސް

01

 

 

މަސައްކަތް ހަމަޖެހިފައިވާ ތަން:         

 

 

ގުރައިދޫ ސްކޫލް / ކ.ގުރައިދޫ

 

ޝަރުތު :

ޝަރުތު

މުސާރަ (މަހަކު )

ސާރވިސް އެލަވަންސް ( މަހަކު )

ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވުން

-/4500

-/1500

މަތީ ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން

-/5500

-/1500

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން

-/6090

-/2500

 

މަޤާމްގެ މަސްއޫލިއްޔަތު

    މިމަޤާމްގައި  ކުރައްވަން ޖެހިވަޑައިގަންނަވާނީ ސްކޫލުން ކަނޑައަޅާ ގްރޭޑް ތަކަށް  ކިޔަވައި ދިނުމުގެ މަސައްކަތެވެ. 

  އިތުރު އިނާޔަތްތައް:

ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދުގެ ޗެޕްޓަރ 5ގައިވާ ގޮތުގެމަތީން

  1. އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ފައިސާ ދެވޭނެއެވެ.
  2. ރަމަޟާންމަހުގެ ޚާއްޞަ އެލަވަންސް ހަމަޖެހިފައިވަ އުސޫލުން ދެވޭނެއެވެ.
  3. ކޮންޓްރެކްޓްގެ މުއްދަތުގައި ގިނަވެގެން ދެވޭނީ 5 ދުވަހުގެ ޢާއިލީ ޒިންމާގެ ޗުއްޓީއެވެ.
  4. ކޮންޓްރެކްޓްގެ މުއްދަތުގައި ގިނަވެގެން ދެވޭނީ 15 ދުވަހުގެ ސަލާމް ޗުއްޓީއެވެ.
  5. ސިވިލްސާރވިސް މުވައްޒިފުންނެކޭ އެއް އުސޫލުން ގަޑީލާރި ކެނޑޭނެއެވެ.

 

 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް.

  • ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން .
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

ވަޒީފާއަށް އެދި ހުށައަޅާ ފޯމާއި އެކު ހުށައަޅަން ޖެހޭ ތަކެތި

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 

  ވީމާ، މިމަޤާމަށް އެދިލައްވާ ފަރާތްތަކުން  29 ޖޫން 2020 ވާ ހޯމަ ދުވަހުގެ 13:30 ކުރިން ސްކޫލަށް ތަކެތި ހުށައެޅުން އެދެމެވެ.

         މިމަޤާމަށް މީހުން އައްޔަނު ކުރުމަށް ބޭއްވޭ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ އިޢުލާނުގެ މުއްދަތު ހަމަވާތާ 1 ދުވަސް ތެރޭގައި ގުރައިދޫ ސްކޫލް ގައެވެ. އިންޓަވިއުއަށް އަންނަންޖެހޭ ދުވަހާއި ގަޑި މިވަޒީފާއަށް ކުރިމަތިލައްވާ ބޭފުޅުންނަށް އަންގާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމަތެއް ސާފުކުރަން ބޭނުންފުޅުނަމަ މިސްކޫލްގެ ނަންބަރ 6640574 އާ ގުޅުއްވުން އެދެމެވެ. އަދި

އީމެއިލް: [email protected]

މިހެންވެ މިކަން އަންގައި އިޢުލާން ކުރީމެވެ.

 

23 ޖޫން 2020