މަސައްކަތް
ނަންބަރު: (IUL)280-PRO/INDIV/2020/19
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 13:07
ސުންގަޑި: 02 ޖުލައި 2020 10:00
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ޅައިމަގު މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުން

      މިރަށުގެ މަގުތަކާއި އިޖްތިމާޢި ސަރަހައްދު ތަކުގައި ޖަހާފައިވާ ބައްތިތައް 2020 ވަނަ އަހަރު މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)280-PRO/INDIV/2020/7 (17 ފެބްރުއަރީ 2020) އިއުލާނާއި ގުޅިގެން ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ ، އެ އިއުލާން ބާތިލްކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

      ވީމާ، މިމަސައްކަތަށް ބޭނުންވާ ތަކެތި ދިނުމުން، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށްދުރުވެ، މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ހުށަހަޅުއްވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ހުށަހެޅުއްވުންއެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާ ނަމަ ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި އެޑްރެސް އެނގޭގޮތަށް ހުށަހަޅާފަރާތުގެ ސިޓީއަކާއެކު ހުށަހެޅުއްވުންއެދެމެވެ.

  • މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާނީ 30 ޖޫން 2020 ވާ އަންގާރާ ދުވަހުގެ ހެނދުނު 10:00 އަށް ޅައިމަގު ކައުންސިލްގެ އިދާރާއަށެވެ.
  • އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 02 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ޅައިމަގު ކައުންސިލްގެ އިދާރާއަށެވެ.

     މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކާ ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

     އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރާއި ބިޑްކުރެވޭ މަސައްކަތް ލިޔެ، އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

 

     މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

23 ޖޫން 2020