ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)254/254/2020/22
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 11:34
ސުންގަޑި: 25 ޖޫން 2020 10:30
ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 ފެތުރެމުން ދިއުމާއި ގުޅޭ

                                                           ނަމްބަރ: 254/254/2020/22(IUL)

އިޢުލާން

 

ކޮވިޑް-19 ފެތުރެމުން ދިއުމާއި ގުޅޭ

 

ކޮވިޑް-19 ގެ ބަލި ރަށްރަށަށް ފެތުރިއްޖެ ހާލަތެއްގައި އެ ބަލި ޖެހޭ ފަރާތްތަކަށް ފަރުވާ ދިނުމަށާއި، ބަލިޖެހޭ ފަރާތްތައް އެކަހެރިކޮށް ބޭތިއްބުމަށް އެޗް.ޕީ.އޭގެ މިންގަނޑުތަކާއި އެއްގޮތަށް ހޮސްޕިޓަލުގައާއި ނުވަތަ ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ނުޖެހޭ ފަރާތްތައް އެކަހެރިކޮށް ރަށްރަށުގައި ބޭތިއްބުމަށް ބޭނުންވާނޭ ތަންތަން ރަށްރަށުގެ އާބާދީއަށް ބަލައި 10 ކޮޓަރި މިއިދާރާއަށް ބޭނުން ވެއެވެ.

ވީމާ ކޮޓަރި ކުއްޔަށްދޭން ބޭނުންވާ ފަރާތްތަކުން 25 ޖޫން 2020 ވަނަ ދުވަހުގެ 10:30 ކުރިން މިއިދާރާއަށް ދުރުވެ ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ. އެހެންކަމުން މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

23 ޖޫން 2020