ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)-BCC/2020/12
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 1441
ސުންގަޑި: 06 ޖުލައި 2020 1500
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކޯޝެއާޑް ކިޗެން ފެސިލިޓީއަށް ރަޖިސްޓްރީވުމަށް ހުޅުވާލުން

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ކާބޯތަކެތި އުފައްދާ ފަރާތްތަކަށް (ހާއްސަކޮށް ޒުވާން ވިޔަފާރިވެރިންނާއި ގޭގަ ތިއްބަވައިގެން ކާބޯތަކެތި އުފައްދާ އަންހެންވެރިންނަށް) އަމާޒުކޮށްގެން ޔޫ.އެން.ޑީ.ޕީގެ ސަސްޓެއިނަބަލް އިކޮނޮމިކް އެންޕަވަރމެންޓް އެންޑް ޑިވެލޮޕްމަންޓް ފޯ އެސް.އެމް.އީޒް (ސީޑްސް) ޕްރޮޖްކްޓްގެ މާލީ އެހީގެ ދަށުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެންގެވުމުގެ މަތިން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން (ބީ.ސީ.ސީ) ކޯޝެއާޑް ކިޗެން (Co-Shared Kitchen) ފެސިލިޓީއެއް ހުޅުމާލޭގައި ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ. ކޯޝެއާޑް ކިޗެން އަކީ ކާބޯތަކެތި އުފެއްދުމަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް އެއްތަނަކުން ލިބިދޭގޮތަށް، އެއްފަހަރާ ގިނަ ބަޔަކަށް ބޭނުންކުރެވޭ ގޮތަށް، ހުންނަންޖެހޭ ވަކި ސްޓޭންޑަޑަކަށް ފެތޭގޮތަށް ފަރުމާކުރެވިފައި ހުންނަ ތަންތަނެވެ.

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޫގުލް ފޯމް މެދުވެރިކޮށް މިކަމަށް ރަޖިސްޓަރ ވެލެއްވުމަށް ދައުވަތު އަރުވަމެވެ. ފޯމް ލުމުގެ ސުންގަޑިއަކީ 6 ޖުލައި 2020 ވާ ހޯމަދުވަހުގެ މެންދުރު 1500 އެވެ. 

ލިންކް: https://forms.gle/Rv5Pdv64BUk57mtc8

2020-06-22