ދިވެހިރާއްޖެ
އިޢުލާން
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ޓ) އާއި (ޔ) އާއި އެ ޤާނޫނުގެ 40 ވަނަ މާއްދާގެ (ހ) ގެ 26 ވަނަ ނަންބަރުގެ މައްޗަށް ރިޢާޔަތްކޮށް، ބިދޭސީންނާއި ގުޅޭގޮތުން ކަމާބެހޭ ދައުލަތުގެ އިދާރާތަކާއި މަޝްވަރާކޮށް އަންނަނިވި ނިންމުން ނިންމާފައިވެއެވެ. އެގޮތުން،
- އައްޑޫއަށް ބިދޭސީއަކު ގެނައުމުގެ ކުރިން އެބިދޭސީއަކު އައްޑޫ އަށް ގެންނަ ފަރާތަކުން އެ އަވަށެއްގެ އަވަށު އޮފީހުގައި ރަޖިސްޓަރީކުރަންވާނެއެވެ. ރަޖިސްޓަރީ ކުރުމަށް ހުށަހަޅާނީ އެކަމަށް ކަނޑައަޅާފައިވާ ފޯމުންނެވެ.
- އައްޑޫއިން ބިދޭސީއަކު ފޮނުވާލުމުގެ ކުރިން ނުވަތަ އެބިދޭސީއަކު ދިއުމުގެ ކުރިން އެ އަވަށެއްގެ އަވަށު އޮފީހަށް އެކަމަށް ކަނޑައަޅާފައިވާ ފޯމަކުން ހުށަހަޅަންވާނެއެވެ.
- މިހާރު އައްޑޫގައި އުޅޭ ބިދޭސީން ވެސް މި އިޢުލާނުގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ފޯމުން އެއަވަށެއްގެ އަވަށު އޮފީހުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
- ލިޔެކިޔުން ފުރިހަމަނުވާ ބިދޭސީންގެ ތެރެއިން ސަރުކާރުން ހިންގަވާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ބައިވެރިނުވާ ބިދޭސީން އައްޑޫގެ އެއްވެސް ގެއެއްގައި ބޭތިއްބުމަކީ މަނާކަމެކެވެ.
- މީގެ އިތުރުން، ސަރުކާރުން ހިންގަވާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ބައިވެރިނުވެ އައްޑޫގައި ތިބި ލިޔެކިޔުން ފުރިހަމަނުވާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށްޓަކައި ކުރަންޖެހޭ ކަންކަން ދައުލަތުގެ އިދާރާތަކާއި ގުޅިގެން ކުރަމުން ގެންދިއުމަށް ނިންމުނެވެ.
ބިދޭސީން ރަޖިސްޓަރ ކުރުމަށް (ދަފްތަރުގައި ޖެއްސުމަށް) އަދި ޑީރެޖިސްޓަރ ކުރުމަށް (ދަފްތަރުން އުނިކުރުމަށް) އެދޭ ފޯމު ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އީމެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހަޅާނަމަ އެއަވަށެއްގެ އަންނަނިވި މެއިލްއަށް ފޮނުއްވުން އެދެމެވެ.
ހިތަދޫ އަވަށު އޮފީސް: [email protected]
މަރަދޫ އަވަސު އޮފީސް: [email protected]
މަރަދޫފޭދޫ އަވަށު އޮފީސް: [email protected]
ފޭދޫ އަވަށު އޮފީސް: [email protected]
ހުޅުދޫ އަވަށު އޮފީސް: [email protected]
މީދޫ އަވަށު އޮފީސް: [email protected]
ވީމާ، މިކަމާއި ގުޅިގެން އެންމެހާ ފަރާތްތަކުން ކައުންސިލަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވައި، މިއިޢުލާނާއި އެއްގޮތަށް ޢަމަލުކުރައްވަމުން ގެންދެވުމަށް ދަންނަވަމެވެ.
28 ޝައްވާލް 1441