ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HRAD/IU/2020/83
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 12:50
ސުންގަޑި:
28 ޖޫން 2020 15:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފެއް ބޭނުންވެއެވެ.
މަޤާމް:
|
ޗީފް ފައިނޭންޝަލް އޮފިސަރ
|
ބޭނުންވާ އަދަދު:
|
|
ވަޒީފާގެ ބާވަތް:
|
- ދާޢިމީ – 03 މަސް ދުވަހުގެ ޕްރޮބޭޝަނަށްފަހު.
|
މުސާރަ އާއި އިނާޔަތްތައް:
|
- މުސާރަ އާއި އިނާޔަތްތައް ޓާމަސް އޮފް ރެފަރެންސްގައި ބަޔާންކޮށްފައި ވާނެއެވެ.
|
ވަޒިފާއަދާކުރަންޖެހޭތަން:
|
|
ޝަރުޠު
|
- އެސޯސިއޭޝަން އޮފް ޗާރޓަރޑް ސަރޓިފައިޑް އެކައުންޓަންޓް (އޭ.ސީ.ސީ.އޭ)، ނުވަތަ ސަރޓިފައިޑް ޕްރެކްޓިސިންގ އެކައުންޓަންޓް (ސީ.ޕީ.އޭ)، ނުވަތަ ސަރޓިފައިޑް ޕަބްލިކް އެކައުންޓަންޓް (ސީ.ޕީ.އޭ)، ނުވަތަ ޗަރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް _(ސީމާ)، ނުވަތަ އައި.އެފް.އޭ.ސީ އިން ބަލައިގަންނަ އެހެން ޕްރޮފެޝަނަލް އެކައުންޓީންގ ބޮޑީއެއްގެ މެމްބަރުކަން ޙާޞިލުކޮށްފައިވުން.
- ސަރޓިފައިޑް އިންޓަރނަލް އޮޑިޓަރ (ސީ.އައި.އޭ) ގެ ޕްރޮފެޝަނަލް ފާސް ޙާޞިލުކޮށްފައިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- އެންމެ މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، އެއިގެ ތެރެއިން 5 އަހަރަކީ ފައިނޭންޝަލް އަދި ކޯރޕަރޭޓް ރިޕޯޓިންގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާކަމުގައިވުން.
- ކޯރޕަރޭޓް މާހައުލެއްގައި މަދުވެގެން 5 އަހަރު ދުވަހު ސީނިއަރ މެނޭޖްމަންޓް ފެންވަރުގައި މަސައްކަތްކޮށްފައިވުން.
- އައި.އެފް.އާރް.އެސް އަށް ފަރިތަވުން.
ނުވަތަ
- އެކައުންޓިންގ، ފައިނޭންސް ނުވަތަ އެއާއި އެއްފަދަ އެހެން ދާއިރާއަކުން މާސްޓަރޒް ޑިގްރީ ޙާޞިލުކޮށްފައިވުން.
- އެންމެ މަދުވެގެން 12 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، އެއިގެ ތެރެއިން 6 އަހަރަކީ ފައިނޭންޝަލް އަދި ކޯރޕަރޭޓް ރިޕޯޓިންގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާކަމުގައިވުން.
- ކޯރޕަރޭޓް މާހައުލެއްގައި މަދުވެގެން 5 އަހަރު ދުވަހު ސީނިއަރ މެނޭޖްމަންޓް ފެންވަރުގައި މަސައްކަތްކޮށްފައިވުން.
- އައި.އެފް.އާރް.އެސް އަށް ފަރިތަވުން.
|
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް
|
- މިވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް ޓާރމްސް އޮފް ރެފަރެންސް ގައި ބަޔާން ކުރެވިފައި ވާނެ އެވެ. މިމަގާމުގެ ޓާރމްސް އޮފް ރެފަރެންސް ހިއުމަން ރިސޯސަސް ޑިވިޜަނާއި އެމް.ޓީ.ސީ.ސީގެ ރަސްމީ ވެބްސައިޓުގެ ކެރިއަރޒް ޕޭޖްގައި ޝާއިޢުކޮށްފައިވާނެއެވެ. (ލިންކް: ___)
|
އިންޓަރވިއު:
|
- މަގާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 29 ޖޫން 2020 އާއި 09 ޖުލައި 2020 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.
|
ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ޖޫން 2020 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް ޑިވިޜަނުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯރމް ޑައުންލޯޑް ކުރެވޭނެއެވެ.
ވެބްސައިޓް: https://mtcc.mv/careers/
ފޯން: 3001100/ 3001149 / 3001144
އީމެއިލް: [email protected]
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
- މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތެވެ.
- އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- އަދި މައުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.
20 ޖޫން 2020