ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)330-A/330/2020/13
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 19:33
ސުންގަޑި: 01 ޖުލައި 2020 13:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
iulaan

               ނަމްބަރ: (IUL)330-A/330/2020/13

އިޢުލާނު

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު: J-324200

ބޭނުންވާ އަދަދު: 01

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ އެސް 4

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން: މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ

މުސާރަ: މަހަކު 5020/- ރުފިޔާ

ސާރވިސް އެލަވަންސް: މަހަކު 1500/-  ރުފިޔާ

 

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭވޭ ޕެންޝަން ކޮންޓްރިބިއުޝަން

2. ސިވްލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

3. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700 ރުފިޔާ

4. ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1. ޒިންމާދާރު ވެރިޔާގެ މަޝްވަރާގެމަތިން ވަޒީފާތަކަށް މުއައްޒަފުން ހޯދުމާއި މުއައްޒަފުން ވަކިކުރުމާއިބެހޭ އެއްމެހާ ކަންތައް  ސިވިލް ސާވިސް ގަވަޢިދާ އެއްގޮތަށް ކުރުން

2. ޒިންމާދަރު ވެރިޔާގެ މަޝްވަރާގެމަތިން މުއައްޒަފުންނާއިމެދު ފިޔަވަޅުއެޅުމާއި އަންގަންޖެހޭ އެންގުންތައް އެންގުން

3. ސިވިލްސާވިސްގައި ނުހިމެނި ނަމަވެސް ކައުންސިލްއިދާރާއަށް ހޯދަންޖެހޭ މުއައްޒަފުން ހޯދުމާއި   އެކަމާބެހޭ އެއްމެހާ ކަންތައް ހިންގާ ބެލެހެއްޓުން (ރެކޯޑް ބެލެހެއްޓުން)

4. ވަކި މުއައްޒަފަކާއި ޙަވާލުކޮށްފައިނުވާ، ރަށުކައުންސިލުން ދޭންޖެހޭނެކަމަށް ގާނޫނަކުންކަޑައަޅާ ޚިދުމަތްތައްދިނުން

5. ކައުންސިލްގެ އުމުރުގެތެރޭގައި ކައުންސިލްގެމެމްބަރަކު ނުވަތަ މެމްބަރުންތަކެއް ވަކިވެއްޖެނަމަލަސްވެގެން 45 ދުވަހުގެތެރޭގައި ކައުންސިލަށް މެމްބަރު ނުވަތަ މެމްބަރުން  އިންޠިޚާބުކުރުމުގެ ކަންތައް ކަމާއިގުޅޭ މުއައްސަސާތަކައި ގުޅިގެންކުރުން

6. ކައުންސިލުން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

7. ޒިންމާދާރުވެރިޔާގެ މަޝްވަރާގެ މަތިން ކައުންސިލުން ނިންމާ ނިންމުންތައް ޢާންމުކުރުން

8. ރަށުގައި ހިނގާ މުޙިންމު ކަންތައްތަކާއި ކައުންސިލް އިދާރާއިން ކުރާ މަސައްކަތްތަކުގެ ފުރިހަމަ މަޢުލޫމާތުހިމެނޭގޮތަށް އިދާރާގެ ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއެކު ކޮންމެ ހަފްތާއަކު އެއްފަހަރު ކައުންސިލްގެ ރައިސް ނުވަތަ އެދުވަހަކު ކައުންސިލް އިދާރާގެ އެންމެހާ ކަންތަށް ބެލެހެއްޓުމަށް ރައިސް ކަނޑައަޅުއްވާފައި ހުންނެވި އިސް ވެރިއަކު ލައްވާ ސޮއިކުރުވުން

9. އިލެކްޝަން ކޮމިޝަނުން ރާވާ އުސޫލެއްގެމަތިން އިންތިހާބުތަކާބެހޭ އެންމެހާ ކަންކަންހިންގާ ބެލެހެއްޓުން

10. ލާމަރުކަޒީގާނޫނުގެ 108 ވަނަމައްދާގެ ހ އާއި ށ ގައިބުނެފައިވާ ރިޕޯރޓް ތައްޔާރުކޮށް މުއްދަތަށް ފޮނުވުން

11. ލާމަރުކަޒީގާނޫނުގެ 109 ވަނަމާއްދާގެ ހ ( ކޮންމެއަހަރެއްގެ ޖުލައި 10 ވަނަދުވަހުގެ ކުރިން ވޭތުވެދިޔަ 6 މަހު) ،ށ (ކޮންމެ އަހަރެއްގެ ޖެނުއަރީ 10 ވަނަދުވަހުގެ ކުރިން ވޭތުވެދިޔަ 6 މަހު ) ކައުންސިލުން ހިންގި ހަރާކާތްތަކުގެ ރިޕޯޓް ތައްޔާރުކޮށްފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

12. ކައުންސިލް އިދާރާގެ މުއައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ހުނަރުވެރިކަން ފާހަގަކޮށް އެފަދަފުރުޞަތުތައް މުއައްޟަފުންނަށް ހަމަހަމަ އުސޫލަކުން ހޯދަދިނުން

31. އިދާރާއަށް ޒިޔާރަތް ކުރާ އިއްޒަތްތެރިންނަށްމަރުހަބާ ދެންނެވުމާއި  މެޙުމާނުދަރީ އަދާކުރުމުގެ ކަންތައް އިންތިޒާމުކޮށް  ބެލެހެއްޓުން

41. ކައުންސިލް އިދާރާއިން ބައިވެރިވާ ނުވަތަ ބައިވެރިކުރާ މުބާރާތްތަކުގެ އިދާރީ މަސައްކަތްތައް ކުރުވުމާއި ބެލެހެއްޓުމުގެ އިތުރުން ކައުންސިލް އިދާރާއިން ފާހަގަކުރާ ދުވަސްތަކުގެ އިދާރީއެއްމެހާ ކަންތައް ބެލެހެއްޓުން

15. ކައުންސިލްއިދާރާއަށްލިބޭ އެކިއެކި ކޯސް، ވާކުޝޮޕް، ބައްދަލުވުން، ސެމިނާތަކަށް ފޮނުވާނެ ފަރާތްތަކައި ފޯކަލްޕޮއިންޓްގެގޮތުގައި ކަޑައަޅަންޖެހޭ ފަރާތްތައް ސެކުޝަން ހެޑް ގެމަޝްވަރާގެ މަތިންކަޑައަޅާ އަންގަންޖެހޭފަރާތްތަކަށް ޤަވައިދުންއެންގުން

16.ވަޒީފާ ބަޔާނުން ލާޒިމުކުރާ  އެއްމެހާކަންތައްތައް ރޭވުމާއި، ހިންގުމާއި، ތަރައްޤީކޮށް، ބެލެހެއްޓުން

17. ލާމަރުކަޒީ ޤާނޫނުގެ 24 ވަނަމާއްދާގެ "އ" ގައި ލާޒިމުކުރާ ލައިބުރަރީގެ ޚިދުމަތް ދިނުން(ޔުނިޓް  ހެޑުގެ މަޝްވަރާއާއިއެކު ކައުންސިލުން ކަޑައަޅާ ގޮތެއްގެ މަތިން ލައިބުރަރީއެއް ޤާއިމުކޮށް އަންނަނިވި ޚިދުމަތްތައް ދިނުން)

 -  ރަށުގެ ރަސްމީ ލިއުންތައް އަރުޝީފުކުރުން 

 -  ރަށުގެ ތާރީޚީ އަދި ގަދީމީ ލިއުންތައް ރައްކާތެރިކަމާއެކު ލައިބުރަރީގައި  ބެލެހެއްޓުން

 -  ޒަމާނީ ވަޞީލަތްތަކުގެއެހީގައި ލައިބުރަރީންއެކިއެކި މަޢުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖެއްސުން 

 

 

 

 

 

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން  އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ،

  1. 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ،

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނޮގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު(މި ފޯމް ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓް ؛ ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިއުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު  ސެޓުފިކެޓުތަކުގެ ކޮޕީ.6

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ

8. މަސައްކަތުގެ ތަޖުރިބާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސާރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ނުންފުންޏެއްގައި  ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު(އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތުތައް(އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީބަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް  ޗެކް ފޯމް.

(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު(އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީގާ އަދާކޮށްފައިވީނަމަވެސް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމަހާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް)ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާއަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. މަޤާމްގެ މަސައްކަތާ ގުޅޭ ދާއިރާއިން ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 ޖުލައި 2020 ގެ 13:00 ގެ ކުރިން، މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް:[email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި ޢިއުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް  ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 05 ޖުލައި 2020 އާއި 10 ޖުލައި 2020 އާ ދެމެދު މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާގައެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ސީޓް (A2 ފޯމް) އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަސް ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް A2) ފޯމް)" އާންމުކޮށް ފެންނާނެހެން ކ.ކާށިދޫ  ކައުންސިލް އިދާރާއިން  އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެޝަކުވާއެއް  މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢޫލޫމާތު ސާފުކުރުމަށް ގުޅާނީ، 6645377 އަށެވެ. އީ-މެއިލް ކުރާނީ،  [email protected]  އަށެވެ.

ސިވިލް ސާރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިއުންތައް ސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

26 ޝައްވާލް 1441

18 ޖޫން 2020

18 ޖޫން 2020