ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2020/81
ޕަބްލިޝްކުރި ތާރީޚް: 17 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 10:56
ސުންގަޑި: 29 ޖޫން 2020 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
4 ނަމްބަރު ރުއްގަނޑު ކުއްޔަށް ދޫކުރުން

މި ކައުންސިލްގެ 4 (ހަތަރު) ނަމްބަރު ރުއްގަނޑު 6 (ހައެއް)  މަހަށް ކުއްޔަށް  ދޫކުރަން  ނިންމައިފީމެވެ. މި ރުއްގަނޑުގެ ރުއްތައް ހުރި ތަންތަނާއި ޢަދަދު ތިރީގައި އެވަނީއެވެ.

 

#

ރުއްހުރި ތަން

ފޯދުނު

ނުފޯދޭ

01

ވާރުމަގުގެ ހުޅަނގު ފަރާތުން ، ފަޔަރ ސްޓޭޝަންގެ އުތުރު ކައިރިން ފެށިގެން އުތުރަށް ހުޅަނގު ބަދަރާއި ދެމެދު ، ކުރީގެ އައިސް ޕުލާންޓާއި އިންޖީނުގެއާއި ކުޑަކުދިންގެ ޕާކު ހިމެނޭ ޞަރަޙައްދުގައި ހުރި ( ކުޑަކުދިންގެ ޕާކު ގައހުރި ރުއްތައް ނުހިމަނައި)   

90

11

 

މި ރުއްގަނޑު ކުއްޔަށް ހިފުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ މަހަކަށް 1250/- (ބާރަސަތޭކަ ފަންސާސް) ރުފިޔާއެވެ. މި ރުއްގަނޑު ކުއްޔަށް ދޫކުރާނީ އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ. 

ރުއްގަނޑާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުން 2020 ޖޫން 22 ވަނަ ދުވަހުގެ 10:00 ގައި މިއިދާރާގައި އޮންނާނެއެވެ.

ވީމާ، މި ރުއްގަނޑު ކުއްޔަށް ނަންގަވަން ބޭނުންފުޅުވާ ބޭފުޅުން، " ނިލަންދޫ ކައުންސިލްގެ 4 (ހަތަރެއް) ނަމްބަރު ރުއްގަނޑު ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމު" ފުރިހަމަކުރައްވައި 2020 ޖޫން 29 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ފޯމުތައް ބަލައެއްނުގަނެވޭނެއެވެ.

ރުއްގަނޑު ކުއްޔަށް ދޫކުރުމާބެހޭ މަޢުލޫމާތު ކަރުދާހާއި ރުއްގަނޑު ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމުމިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް އެ ލިއުންތައް ނެގެން ހުންނާނެއެވެ. މިއިދާރާގެ ފޭސްބުކް ޕޭޖުގެ އެޑްރެހަކީ: (fb id: Faafu Nilandhoo Council Idhaaraa) އެވެ. ވެބްސައިޓް އެޑްރެސް މި ކަރުދާހުގެ ތިރީބައިގައި ލިޔެފައިވާނެއެވެ.

 

25 ޝައުބާން   1441

17   ޖޫން    2020

17 ޖޫން 2020