ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)AAAH-A-AD/AAAH/2020/9
ޕަބްލިޝްކުރި ތާރީޚް: 16 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 12:56
ސުންގަޑި: 24 ޖޫން 2020 13:00
އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ރޭޑިއޯގްރާފަރ / ސީނިއަރ ރޭޑިއޯގްރާފަރ

އއ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި ، ޤާބިލް މީހެކެވެ.

މަޤާމު

ރޭޑިއޯގްރާފަރ/ސީނިއަރ ރޭޑިއޯގްރާފަރ

މަޤާމުގެ ނަންބަރު

J-255867

ބޭނުންވާ ޢަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގރ 1

ޓެކްނިކަލް އޮފިސަރ ގރ 2

ސީނިއަރ ޓެކްނިކަލް އޮފިސަރ ގރ 1

ޑިވިޝަން / ސެކްޝަން

ކްލިނިކަލް ސަޕޯޓް ސަރވިސް / މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސަރވިސަސް

މަޤާމު އޮތް އޮފީސް

އއ.އަތޮޅު ހޮސްޕިޓަލް  

ވަޒީފާ އަދާކުރަންޖެހޭ ތަން

އއ.އަތޮޅު ހޮސްޕިޓަލް  

މަޤާމު

ސިވިލްސަރވިސްގެ ރޭންކް

އަސާސީ ޝަރުތު

މަޤާމުގެ އަސާސީ މުސާރަ މަހަކު ( ރުފިޔާ)

ސީނިއަރ ރޭޑިއޯގްރާފަރ

MS-3

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

-/7035

  ރޭޑިއޯގްރާފަރ

MS-2

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

-/6095

  ރޭޑިއޯގްރާފަރ

MS-1

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ  ކައުންސިލް ޤަބޫލުކުރާ  ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ  ލިބިފައިވުން .

5610/-

ސަރވިސް އެލަވަންސް

2500/-

އެހެނިހެން އެލަވަންސް

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  4. ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބްތައް

  1. އެކްސްރޭ ރޫމްގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. ރަޖިސްޓްރީތަކާއި ރިޕޯޓްތައް ޤަވާއިދުން ބެލެހެއްޓުން.
  3. ތަނުގެ ސާފުތާހިރުކަން ބެލުމާއި، ބޭނުންކުރާ އިކްއިޕްމަންޓްސްގެ ސާފުތާހިރުކަން ބެލެހެއްޓުން.
  4. ބޭނުންވެއްޖެ ހިނދެއްގައި ހޮސްޕިޓަލްގެ އެކިއެކި ދާއިރާތަކަށް ބޭނުންވާ ތަފާސްހިސާބުދިނުން، އަދި މަންތްލީ ރިޕޯޓްތައްޔާރު ކުރުން.
  5. އެކްސްރޭ ނެގުމުގެ ކަންތައްތައް ކުރުން.
  6. ތަނަށްބޭނުންވާ ތަކެތި ސްޓޮކުން ހޯދާ ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  7. ޚިދުމަތަށްއެދި އަންނަ މީހުންނަށް އިޙްތިރާމްކޮށް ހިތްހެޔުކަމާއެކު އެހީތެރިވެ މަގުދައްކައި ދިނުން.
  8. ކަނޑައެޅިފައިވާ ގޮތުގެ މަތިން ޑިއުޓީ އަދާކުރުން.
  9. އިމަޖެންސީ ކޯލްތަކަށް ޤަވާޢިދުން ޙާޟިރުވުމާއި މަސައްކަތަށް ފަރުވާތެރިވުން.
  10. ހޮސްޕިޓަލްގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަން ދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި ޗުއްޓީގައިތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިންއަންގާ ގޮތެއްގެމަތިން ކުރުން.
  11. ހޮސްޕިޓަލްގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމާއި އަދި އެހެނިހެން ސެކްޝަންތަކުން ކުރާ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން.
  12. ހޮސްޕިޓަލްގެ ޢާއްމު އުސޫލްތަކާއި ޤަވާޢިދުތަކަށް ޢާއްމުން އިހްތިރާމް ކުރުމަށްބާރުއަޅާ އެކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން.
  13. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެންކުރާ މަސައްކަތާއި އެކިއެކި އިޖްތިމާޢީ ހަރަކާތްތަކުގައި ބައިވެރިވެ މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމުރީނަށް ބަލައިގެން

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

 

 

ހުށައަޅަންޖެހޭ ލިޔުންތައް

 

 

  1.  ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް އަދި ހެލްތް މިނިސްޓްރީގެ http://health.gov.mv ވެބްސައިޓުންނާ އއ. އަތޮޅު ހޮސްޕިޓަލްގެ އޮފީހުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 (ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތަތްގަނޑު (ދިވެހިރާއްގޭޖެ ބާ ކައުންސިލްގެ "އަސްލާ އެއްގޮތްކަމުގެ ތަތްގަނޑުޖެހުމާބެހޭ ޤަވާޢިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން.

7. ސިވިލްސަރވިސްގެ ވަޒިފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ އަސްލާ އެއްގޮތްކަމުގެ ތަތްގަނޑު (ދިވެހިރާއްގޭޖެ ބާ ކައުންސިލްގެ "އަސްލާ އެއްގޮތްކަމުގެ ތަތްގަނޑުޖެހުމާބެހޭ ޤަވާޢިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން.

 

8. މަސައްކަތުގެ ތަޖްރިބާގެ ލިއުންތަކުގެ އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު (ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ޤަވާޢިދުގެ" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން.

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްއިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ކެޗް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ  ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

9. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސެންސްގެ ކޮޕީ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

  ވަޒީފާއަށް އެދޭ ފޯމް އަތޮޅު ހޮސްޕިޓަލްގެކައުންޓަރުން ލިބެން ހުންނާނެއެވެ.   މަޤާމަށް އެދި ހުށަހަޅަންހޭ ތަކެތި ހުށަހަޅާނީ 24 ޖޫން  2020 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އަތޮޅު ހޮސްޕިޓަލަށެވެ. 

  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

   އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމާށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 25 ޖޫން 2020  ގައި އއ.އަތޮޅު ހޮސްޕިޓަލްގައި އޮންނާނެއެވެ. ވުމާއެކު ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާއްމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި ހޮސްޕިޓަލްގެ ނޯޓިސްބޯޑްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށައަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަމްބަރަކީ  6660645އެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usool) އިން ލިބެން ހުންނާނެއެވެ.

16 ޖޫން 2020