ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
2020 ވަނަ އަހަރަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް، ހަތްވަނަ ފަހަރަށް ކުރެވުނު މިސްކޫލްގެ ނަމްބަރ GS-92/IUL/2020/003 (16 މާރިޗު 2020) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން ބީލަމަށް ރަޖިސްޓްރީ ކޮށްފައި ނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން 2020 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 ޖޫން 23 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2020 ޖޫން 28 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު ގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިބީލަމަށް ވިޔަފާރި ރަޖިސްޓްރީ ނެތް ފަރާތްތަކަށްވެސް ކުރިމަތިލެވޭގޮތަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި (9:00 - 13:00) މިސްކޫލުގެ ނަމްބަރ 6520537 އާ ގުޅުއްވުން އެދެމެވެ.
ނައިވާދޫ ސްކޫލް
ހދ. ނައިވާދޫ
ފޯން: 6520537
އީ-މެއިލް: [email protected]