ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)226-E/PRIV/2020/09
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 14:18
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަތުރުފަތުރު ކުރުމުގައި ޞިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން
ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތައް ދިނުމާއި ގުޅިގެން 15 ޖޫން 2020 އިން ފެށިގެން އަތޮޅުތެރޭގެ ޢާއްމު ދަތުރުފަތުރުގެ ޚިދުމަތް ވަނީ ފެށިފައެވެ. މިގޮތުން ފެރީގައި ދަތުރުކުރާއިރު ޢާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިޖްތިމާޢީ ގައިދުރުކުރުމުގެ މިންގަނޑުތައް ހިފެހެއްޓުމާއި، މާސްކް ބޭނުންކުރުންފަދަ ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އެޅުމާއި އަދި ކޮންމެހެން ކުރަންޖެހޭ މުހިއްމު ދަތުރުތައް ފިޔަވާ އެހެންދަތުރުތައް ނުކުރެއްވުމަށް ދަންނަވަމެވެ.
15 ޖޫން 2020