މަސައްކަތް
ނަންބަރު: (IUL)387/387/2020/48
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި: 08 ޖުލައި 2020 11:00
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަސްވީރު އަތިރީގައި ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ތަސްވީރު އަތިރީގައި ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

 

ތަސްވީރު އަތިރީގައި ހުރި 2 ކުޑަ އަދި 1 އުނދޯލިގޭގައި މިހާރުޖަހާފައިވާ ފަން ބަދަލްކޮށް އައު ފަންލައި ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން  ބޭނުންވެގެން ކުރި ނަމްބަރު (IUL)387/387/2020/30 (09 މާރިޗު 2020)  އާއި (IUL)387/387/2020/45 (02 ޖޫން 2020) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ މި މަސައްކަތްތައް ކޮށްދެއްވާނެ ފާރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

 

               ވީމާ، ތަސްވީރު އަތިރީގައި ހުރި 2 ކުޑަ އަދި 1 އުނދޯލިގޭގައި މިހާރުޖަހާފައިވާ ފަން ބަދަލްކޮށް އައު ފަންލައި ބައެއް މަރާމާތު ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.  

 

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

25 ޖޫން 2020  ވާ ބުރާސްފަތި ދުވަހުގެ 11:00

08 ޖުލައި 2020 ވާ ބުދަ ދުވަހުގެ 11:00

 

            މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

                    23 ސައްވާލް 1441

15 ޖޫން 2020