މަސައްކަތް
ނަންބަރު: L5MC-C/2020/08
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 22 ޖޫން 2020 11:00
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ދެފާޚާނާ މަރާމާތުކުރުމުގެ މަސައްކަތްކުރުން

އިޢުލާން

ކޯޓުގެ ދެފާޚާނާ މަރާމާތުކުރުމުގެ މަސައްކަތްކުރުން.

މިކޯޓުގެ ނަންބަރު:L5MC-C/2020/07 02 ޖޫން 2020( ގެ އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް މިކޯޓުގެ 02 ފާޚާނާ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ޖޫން 2020 ވާ ހޯމަ ދުވަހު 11:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 ޖޫން 2020 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  

މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހިގެން އަންނަ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނޭ ވާހަކަވެސް ދަންނަވަމެވެ. މިމަސައްކަތްތަކަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު:18/2014  ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު( ނުވަތަ ޤާނޫނު ނަންބަރު:19/2014 އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު( ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ، އެފަރާތަކުން ރަޖިސްޓަރީކޮށްފައިވާ ވިޔަފާރީގެ މަޤްޞަދުގެ ތެރޭގައި، ޢިމާރާތްކުރުމުގެ މަސައްކަތްކުރުން ހިމެނިފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ. އަދި މިކަން އެނގޭނެ ރަސްމީ ލިޔުމެއް އަންދާސީ ހިސާބާއެކު ހުށަހަޅަންވާނެއެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.

22 ޝައްވާލް 1441

14  ޖޫން  2020

14 ޖޫން 2020