ދިވެހިރާއްޖެ
މި އިޢުލާންވަނީ 13 ސެޕްޓެންބަރު 2020 13:09 ގައި ބާތިލް ކުރެވިފައެވެ.
އިންކުލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓަށް ބޭނުންވާ ތަކެތި ހޯދުން
1 މި ސްކޫލުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ އިންކުލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓަށް ބޭނުންވާ ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
2 މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ޖޫން 15 އިން ޖޫން 18 ށް ބަންދުނޫން ދުވަސްތަކުގެ 9:00 އިން 11:00 އަށް މިސްކޫލުގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3 މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ޖޫން 15 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 ޖޫން 24 ވަނަ ދުވަހުގެ 11:00 ގައި ޢަފީފުއްދީނު ސްކޫލުގައެވެ.
5 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޢަފީފުއްދީންސްކޫލު
ކުޅުދުއްފުށި / ދިވެހިރާއްޖެ
ފޯން: 6528041
އީ-މެއިލް: [email protected]
23 ޛުލްޤައިދާ 1441
14 ޖޫން 2020