ދެންނެވުން
ނަންބަރު: (IUL)266-A/266/2020/68
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 13:04
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަދުރު ބެހުމާ ބެހޭ

މި އިދާރާގެ ނަންބަރު (IUL)266-A/266/2020/52 އިޢުލާނުން ކަދުރު ބޭނުންވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް ހުޅުވާލެވުނު ފުރުޞަތުގައި ނަންނޯޓުކުރި ފަރާތްތަކަށް ކަދުރު ޙަވާލުކުރުމަށްފަހު މިހާތަނަށް 69 ޕެކެޓް ކަދުރު އޮތުމާއެކު މިހާތަނަށް ކަދުރު ނުލިބޭ ގޭބިސީތަކުން މި އިދާރާއަށް ވަޑައިގަތުމުން ކަދުރު ލިބޭގޮތަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

    ކަދުރާއި ޙަވާލުވުމަށް ވަޑައިގަންނަވާއިރު އައިޑީކާޑު ހިއްޕަވައިގެން ވަޑައިގަތުން އެދެމެވެ. ކަދުރު ދޫކުރާނީ ހޯމަ، އަންގާރަ، ބުދަ ކޮންމެ ދުވަހެއްގެ ހެނދުނު 10:30 ން 12:00 އަށް ކަމުގައި ދަންނަވަމެވެ.

10 ޖޫން 2020