ދިވެހިރާއްޖެ
އިޢުލާން
ލ.ގަމުން ގޯތި ލިބުނު މީހުންގެ ލިސްޓް އާންމުކުރުން
މި ރަށުން ދިރިއުޅުމަށް ބަންޑަރަ ގޯތި ދޫކުރުމަށް ޓަކައި، މި އިދާރާއިން ކުރި ނަންބަރު (IUL)399-MS/399/2019/4 އިޢުލާނާއި ގުޅިގެން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓް ޢާންމުކުރުމަށް ޓަކައި މި އިދާރާއިން ކުރި ނަންބަރު (IUL)399-MS/399/2020/48 އިޢުލާނު ބާޠިލްކުރުމަށް ފަހު، އެ ލިސްޓް އަލުން މި އިޢުލާނާއެކު އާންމުކުރަމެވެ. މި ލިސްޓްގައިވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ގޯތި ލިބުނުކަން ނުވަތަ ރިޒާވު ލިސްޓަށް ނެގިފައިވާކަން އަންގައިދޭ ލިޔުން ފޮނުވޭނެއެވެ.
ލިބޭ ގޯތި ކަނޑައެޅުމަށް ޓަކައި ގުރުއަތު ނެގުމާއި، ގޯތި ހަވާލުކުރަން ހަމަޖެހިފައިވަނީ މި ރާއްޖޭގައި މިހާރު އިޢުލާނުކޮށްފައި މިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލައި، އާންމުޙާލަތައް ދިރިއުޅުމުގެ ކަންކަން ރުޖޫއަވުމުންނެވެ. ލިސްޓު އާންމު ކުރިނަމަވެސް، އެންމެ ފަހު މަރުޙަލާއާ ހަމައަށް އޭގެތެރެއިން އެއްވެސް ފަރާތެއް ލިސްޓުން އުނިކުރަންޖެހޭފަދަ މައްސަލައެއް ފާހަގަ ކުރެވިއްޖެނަމަ، އެފަރާތެއްގެ ނަން ލިސްޓުން އުނިކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ ޢިއުލާނުކުރަމެވެ.
18 ޝައްވާލް 1441 ހ
10 ޖޫން 2020 މ