ޢާންމު މަޢުލޫމާތު
ނަންބަރު: 1/2020
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 10:35
ސުންގަޑި: 10 ޖޫން 2020 00:00
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ބެލެހެއްޓުމާއި ބެހޭ އާންމު އުސޫލު

ބަނދަރު ބެލެހެއްޓުމާއި ބެހޭ އާންމު އުސޫލު

 

ތަޢާރަފާއި ނަން        1.(ހ) މިއީ ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން

                       ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާގެ (ހހ) އިން ބާރުލިބިގެންހެދިފައިވާގަވާއިދު

                      ނަންބަރު:1255-R/2013 (10 ޑިސެންބަރު2013)ގެދަށުންއެކުލަވާލާފައިވާ ބަނދަރު ބެލެހެއްޓުމާއި

ބެހޭ  ޢާންމުއުސޫލެވެ.

 

           (ށ)މި އުސޫލަށް ކިޔާނީ އއ. ހިމަންދޫގެ ބަނދަރު ބެލެހެއްޓުމާއިބެހޭ އާންމު އުސޫލެވެ.

 

 

ޢަމަލުކުރަން ފަށާ ތާރީޚް:   2.(ހ) މި އުސޫލަށް ޢަމަލުކުރަން ފަށާނީ، އއ.ހިމަންދޫ ކައުންސިލުން ފާސްކޮށް ޢާންމުކޮށް އިޢުލާންކުރާ

                        ދުވަހުން ފެސިގެންނެވެ.   

 

(ށ) މި އުސޫލަށް ޢަމަލުކުރަން ފެށުމުގެކުރިން ބަނދަރުގައި ހިނގާފައިވާ ކަންކަން ނިންމުމަށް 1 (އެކެއް) ހަފުތާގެ މުއްދަތު ދެވޭނެއެވެ.

 

(ނ)މި މާއްދާގެ (ށ) ގައިވާ މުއްދަތު ހަމަވުމުން މި އުސޫލާ އެއްގޮތަށް (ށ) ގައިވާ ކަންކަންވެސް ހިންގަން ފެށޭނެއެވެ.

 

 

ބަނދަރު ބެލެހެއްޓުން:

3.(ހ) އަރިއަތޮޅު އުތުރުބުރީ އއ.ހިމަންދޫ ބަނދަރު ބެލެހެއްޓުމަކީ އއ.ހިމަންދޫ ކައުންސިލުގެ ޒިންމާއެކެވެ. އަދި ބަނދަރަށް ލަފާފުރާ އުޅަނދުތަކުން ބަނދަރު ބޭނުން ކުރަންވާނީ މިއުސޫލާއެއްގޮތަށެވެ.

 

 

ބަނދަރު ސަރަހައްދާއި އުޅަނދުފަހަރު އަޅާ ސަރަހައްދުތައް:

4.މިއުސޫލުގެ ދަށުން އަރިއަތޮޅު އުތުރުބުރީ އއ.ހިމަންދޫ ބަނދަރުތެރޭގައި އުޅަނދުފަހަރު އެޅުމަށް ހާއްޞަ ސަރަހައްދުތައް ވަކިވަކިން އެގޭގޮތަށް އަރިއަތޮޅު އުތުރުބުރީ އއ.ހިމަންދޫ  ކައުންސިލުން އާންމުކުރާ ބޯޑުތަށް  ފެންނާނެހެން ބެހިއްޓިފައިހުންނާނެއެވެ.

 

 

 

 

 

މުދާ ބޭލުމާއި މުދާ ބަރުކުރުން:

5.(ހ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު މުދާބަރުކުރުމަށާއި މުދާ ބޭލުމަށް، ނުވަތަ އެނޫންވެސް ބޭނުމަކު ކައުންސިލުން ކަނޑައަޅާފައިވާ ވަގުތަށްވުރެ އިތުރަށް ބަނދަރުގައި ތޮށިގަނޑުގެ ދިގަށް ތޮށިގަނޑާ ކާރިކޮށްފައި ބާއްވަންވާނީ ކައުންސިލުގެ ހުއްދަ ހޯދާގެންނެވެ.

 

(ށ) މިމާއްދާގެ (ހ)ގެ ދަށުން މުދާބޭލުމަށް 1-69 ފޫޓުގެ އުޅަނދު ފީ ނުދައްކާއި ބޭއްވޭނީ ގިނަވެގެން 24 (ސައުވިސް) ގަޑިއިރަށެވެ. އަދި މުދާއެރުވުމަށްވެސް 24 (ސައުވިސް) ގަޑިއިރަށެވެ.

 

 

(ނ) މިމާއްދަގެ (ހ)ގެ ދަށުން މުދާ ބޭލުމަށް 70-119 ފޫޓުގެ އުޅަނދު ފީ ނުދައްކާއި ބޭއްވޭނީ ގިނަވެގެން 24(ސައުވިސް) ގަޑިއިރަށެވެ. އަދި މުދާ އެރުވުމަށްވެސް 24(ސައުވިސް) ގަޑިއިރަށެވެ.

 

(ރ) މިމާއްދާގެ (ހ) ގެ ދަށުން މުދާބޭލުމަށް 120 ފޫޓުގެ އުޅަނދު ފީ ނުދައްކާއި ބޭއްވޭނީ ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރަށެވެ. އަދި މުދަ އެރުވުމަށްވެސް 48(ސާޅީސް އަށެއް) ގަޑިއިރަށެވެ.

 

(ބ) މިމާއްދާގެ (ށ)، (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ވަގުތަށްވުރެ އިތުރުވާ ވަގުތަށް ފީ ނަގާނީ ތިރީގައި މިވާ އުސޫލުންނެވެ.

1. 69 ފޫޓަށްވުރެ ކުރު އުޅަނދުފަހަރުން ފީ ނެގޭނީ ކޮންމެ ގަޑިއިރަކަށް 50/8ރ (އަށްރުފިޔާ ފަންސާސް ލާރި) ގެ މަގުންނެވެ.

2. 70 ފޫޓާއި 99 ފޫޓާ ދެމެދުގެ އުޅަނދުފަހަރުން ފީ ނެގޭނީ ކޮންމެ ގަޑިއިރަކަށް 50/12ރ. (ބާރަ ރުފިޔާ ފަންސަސް ލާރި) ގެ މަގުންނެވެ.   

3.100 ފޫޓަށްވުރެ ދިގު އުޅަނދުފަހަރުން ފީ ނެގޭނީ ކޮންމެ ގަޑިއިރަކަށް 50/16ރ. (ސޯޅަ ރުފިޔާ ފަންސާސް ލާރި) ގެ މަގުންނެވެ.

 

(ޅ) މުދާ ބަރުކުރުމަށްފަހު ނުވަތަ މުދާބޭލުމަށްފަހު އެ އުޅަނދެއް ތޮށިގަނޑު ކައިރީގައި ބާއްވާނަމަ، ބާއްވަންވާނީ ތޮށިގަނޑުގެ ހުރަހަށެވެ.

 

(ކ) ސިމެންތި، ހިލަ، ހިލަވެލި، ދޮންވެލި، އަކިރި، ގެރިގުއި ފަދަ ތަކަތި ބަރުކޮށްގެން ނުވަތަ ބަރުކުރަން ބަނދަރަށް އަންނަ އުޅަނދުފަހަރުން އެފަދަ ތަކެތި އަރުވައި ބާލަންވާނީ، ކައުންސިލުން ކަނޑައަޅާ ބަނދަރުގެ ސަރަހައްދަކަށެވެ. މިފަދަ ތަކެތި ބާލަންވާނީ އެ ސަރަހައްދެއްގައި ސަތަރި ނުވަތަ ތަރަފާލު އަޅައިގެންނެވެ.އަދި މަސައްކަތް ނިމިގެން އެންމެ ލަސްވެގެން 2 (ދޭއް) ދުވަސްތެރޭ އެ ސަރަހައްދު ސާފުކުރަންވާނެއެވެ.

 

(އ) މިމައްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަދަ ތަކެތި، އުޅަނދަށް ބަރުކުރުމަށް ނުވަތަ ބަނދަރު ސަރަހައްދުގައި ބެހެއްޓޭނީގިނަވެގެން 4 (ހަތަރެއް) ދުވަސްވަންދެންނެވެ. 4 ދުވަސް ތެރޭގައި މުދާ ބެހެއްޓިފައި ހުރި ސަރަހައްދުންނަގައި ސާފު ކުރަންވާނެއެވެ.

(ވ) މިމާއްދާގެ (އ) ގައި ވާ މުއްދަތުތެރޭގައި ސާފު ނިކޮށްފިނަމަ މުދާ ބެހެއްޓިފައި ހުރިސަރަހައްދުބަލާ ދުވާލަކަށް އަކަ ފޫޓަކަށް 20 (ރުފިޔާ) މި ކައުންސިލަށް ދައްކަންވާނެއެވެ.        

 

ބަނދަރު ސާފުކުރުން:

 

6. (ހ) މުދާ އަރުވައި ބޭލުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހެދި އެއްގަމު ސަރަހައްދަށް އެޅޭ ތެލާއި ކުނިފަދަ ތަކެތި އެމަސައްކަތް ނިމުމުން އެންމެ ގިނަވެގެން 5 (ފަހެއް) ގަޑިއިރުގެ ތެރޭގައި އެމަސައްކަތްކުރި ނުވަތަ ކުރުވި ފަރާތަކުން ސާފުކުރަންވާނެއެވެ.

 

(ށ) ސިމެންތި، ދޮންވެލި، ހިލަ، ހިލަވެލި، ކާޑު ފަދަ ބަސްތާތަށް ބަނދަރު ސަރަހައްދުގައި ޖައްސަންވާނީ އެތަކެތި ބާލައި ސަތަރި، ނުވަތަ ތަރަފާލު އަޅައިގެންނެވެ. އަދި މަސައްކަތް ނިމުމުން ގިނަވެގެން 4 (ހަތަރެއް) ގަޑިއިރު ތެރޭގައި ސަތަރި ނުވަތަ ތަރަފާލުނަގައި އެތަނަށް އެޅިފައިހުރި ތަކެއްޗާ އެކުގައި ސާފުކުރަންވާނެއެވެ.

 

(ނ) މި މާއްދާގެ (ހ) އަދި (ށ)އާ ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭހަތްދިނުން، ދެވަނަ ފަހަރަށް ކުށް ތަކުރާރު ކޮށްފިނަމަ -/500 (ފަސްސަތޭކަ) ރުފިޔާއާއި -/1000 (އެއްހާސް) ރުފިޔާއާއި ދެމެދު އަދަދަކުން ޖޫރިމަނާކުރުން، ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ -/1000 (އެއްހާސް) ރުފިޔާއާއި -/3000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން، ހަތަރުވަނަ ފަހަރު ކުށް ތަކުރާރު ކޮށްފިނަމަ -/3000 (ތިންހާސް) ރުފިޔާއާއި -/5000 (ފަސްހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން އަދި ހަތަރުވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

 

ބަނދަރަށް ލިބޭ ގެއްލުން މަރާމާތު ކުރުން:

 

7.   އެއްވެސް އުޅަނދެއް ތޮށިގަނޑުގައި ޖެހި ނުވަތަ މުދާބާލައި ބަރުކުރުމުގު ތެރޭގައި ނުވަތަ އެނޫންވެސް ސަބަބަކާހުރެ ތޮށިގަޑަށް ގެއްލުން ވެއްޖެނަމަ އެވީ ގެއްލުމެއް ބަލައި އެއުޅަނދެއްގެ ވެރިފަރާތް ނުވަތަ އެ އުޅަނދަކާ ހަވަލުވެފައިވާ ފަރާތަކާ މި ކައުންސިލާ ދެމެދު އެއްބަސްވާ ގޮތެއްގެ މަތިން އެއުޅނދެއްގެ ވެރިފަރާތުން ނުވަތަ އެއުޅަނދަކާ ހަވާލުވެފައިވާ ފަރާތުން ޚަރަދުކޮށްގެން ތޮށިގަނޑު މަރަމާތު ކުރަންވާނެއެވެ.

 

ބަނދަރަށް ލިބޭ ގެއްލުން މަރާމާތު ނުކުރުން:

8.    މިއުސޫލުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ދެފަރާތް އެއްބަސްވެފައިވާ ގޮތަށް އުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދާ ހަވާލުވެފައިވާ ފަރާތުން ތޮށިގަނޑު މަރާމާތުކޮށް ނުދީފިނަމަ  ޢަމަލު ކުރާނީ ތިރީގައި ބަޔާންކުރެވިފައިވާ ގޮތުންކުރެ ގޮތަކަށެވެ.

 

(ހ) ޝަރުޢީ ކޯޓެއް މެދުވެރިކޮށް ޙައްލުކުރުން.

 

(ށ) އުޅަނދުގެ ސަބަބުން ބަނދަރުން ހަލާކުވިތަން އެ އުޅަނދަކަށް ޒިންމާވާ ފަރާތުން މަރާމާތު ކުރަންދެން،ބަނދަރުގައި ދޯނި ބޭއްވުން ފިޔަވައި ބަނދަރުން ލިބޭ ހުރިހާ ޚިދުމަތްތަކެއް ހިފެހެއްޓުން.

 

މައްސަލަ ހައްލުކުރުމަށް ހިނގާ ޚަރަދު:

9.މިއުސޫލުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތީން ވާހަކަ ދައްކައިގެން މައްސަލަ ހައްލު ނުވުމުގެ ސަބަބުން ކައުންސިލުގެ ފަރާތުން ކޯޓަށްދާންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަމަށް ހިނގާ ޚަރަދު އެއުޅަނދެއްގެ ވެރިފަރާތުން ނުވަތަ އެ އުޅަނދާ ހަވާލުވެފައިވާ ފަރާތުން މިކައުންސިލަށް ދައްކަންވާނެއެވެ.

 

އެއްގަމަށް ވާ އެއްސުމާއި ލޮތާރިލުން:

10.(ހ) އުޅަނދުތަކުގެ ވާ އައްސަންވަނީ ކައުންސިލުގެ ފަރާތުން ބަނދަރުގައި ވާ އެޅުމަށް ނުވަތަ އެއްސުމަށް ކަނޑައަޅާފައިވާ އެއްޗެއްގައި ނުވަތަ ތަނެއްގައެވެ.

 

(ށ) އެއްވެސް އުޅަނދަކުން އެއްގަމަށް ލޮތާރި ނުވަތަ އެފަދައިން ބޭނުންކުރެވޭ އެއްޗެއް އަޅައިގެން ނުވާނެއެވެ.

 

ބަނދަރު ވަކިފަރާތަކަށް ޙާއްޞަކުރުން:

11.(ހ)ބަނދަރުގެ ޚިދުމަތަކީ އާންމުކޮށް ހުރިހާ ފަރާތަކަށް ހުޅުވާލެވިގެންދެވޭ ޚިދުމަތަކަށްވުމުން ބަނދަރަށް މުދާ ބޭލުމަށް ކައުންސިލުން ކަނޑައަޅާފައިވާ ބަނދަރު ސަރަހައްދުގެ ވަކި ދިމާލެއް ވަކި އުޅަނދަކަށް ހާއްޞަކުރެވިފައި ނުބޭއްވޭނެއެވެ.

 

(ށ)މިމާއްދާގެ(ހ) އެހެން އޮތްނަމަވެސް ބަނދަރުގެ ޖާގައޮތް މިންވަރަކަށްރިޢާޔަތްކޮށް ކައުންސިލުގެ ފަރާތުން ފީ ނަގާގޮތަށް ބަނދަރުގެ ވަކި ސަރަޙައްދެއް ވަކި އުޅަނދަކަށް  ޚާއްޞަކޮށްފައި ބޭއްވުމަށް ވަގުތީ ހުއްދައާއި ދާއިމީ ހުއްދަ ދިނުމާއި ފައްތިޔާ ކަނޑައަޅާނީ މިކައުންސިލުންނެވެ.

 

 

(ނ) މިއުސޫލުގެ ދަށުން ބަނދަރުން ފައްތިޔާ ދޫކުރާނީ އެއުޅަނދެއްގެ ބޮޑުމިނަށް ބަލާ ތިރީގައިވާ އުސޫލުގެ ދަށުންނެވެ.

1. ބަނދަރުން ފައްތިޔާއެއް ނަގަނީ ވަގުތީގޮތުންނަމަ މީޓަރަކަށް ދުވާލަކު -/10ރ (ދިހައެއް) ރުފިޔާއެވެ.

2.ބަނދަރުން ފައްތިޔާއެއް ނަގަނީ ދާއިމީގޮތަށްނަމަ މީޓަރަކަށް މަހަކު -/3ރ (ތިނެއް) ރުފިޔާއެވެ.

 

(ރ) މުދާ އަރުވައި ބޭލުމާއި މީހުން އަރާފޭބުމާއިފެރީ އުޅަނދުތަށް ގާތްކުރުމަށް ކައުންސިލުން ކަނޑައަޅާ ސަރަހައްދުގައި އެނޫންއެހެން ބޭނުމަކު އުޅަނދުފަހަރު ބޭއްވުމަކީ މަނާކަމެކެވެ.

 

ބަނދަރުތެރޭގައި ވާ އެޅުން:

12.(ހ) ބަނދަރުތެރޭގައި ވާ އެޅުމާއި ލޮތާރި އެޅުން ފަދަ ކަންތައްތައް ކުރަންވާނީ ވާއެޅުމާއި ލޮތާރި އެޅުމަށް ކައުންސިލުން ކަނޑައަޅާފައިވާ ތިރީގައިވާ އުސޫލާ އެއްގޮތަށެވެ.

 

(ށ) ބަނދަރުގައި ދޯނިފަހަރު އެޅުމަށް ވާ އައްސަންވާނީ ވާ އެއްސުމަށް ޙާއްޞަ ކުރެވިފައިވާ ބުޑު ތަކާއިވާޓަރު ތަކުގައި ވާ އެއްސުމަށް ޙާއްޞަ ކުރެވިފައިވާ ތަންތަނުގައެވެ. އަދި ބުޑުތަށް ފާހަގަކުރުމަށް އެއްސިފައިހުރިބޮއެއްގެ ވަލުގައި ވާ އެއްސުމަކީ މަނާ ކަމެކެވެ.

 

(ނ) ބަނދަރުގައި ދޯނިފަހަރު އުޅުމަށް ލޮތާރި ލުމަކީ މަނާކަމެކެވެ. އެހެންނަމަވެސް މޫސުންގޯސްވެ ކަނޑުގަދަވާ ހާލަތްތަކުގައި ލޮތާރި ލެވިދާނެއެވެ. އަދި މޫސުން ރަނގަޅުވުމުން ލޮތާރި ނަގަންވާނެއެވެ.

 

(ރ) 2 (ދޭއް) މީޓަރާއި 10 (ދިހައެއް) މީޓަރާއި ދެމެދުގެ އުޅަނދުފަހަރު ނަމަ އެއުޅަނދުފަހަރަށް ހާއްޞަކުރެވިފައިވާ ޞަރަޙައްދުގައި ލޮތާރި ލެވިދާނެއެވެ.

 

(ބ) މި މާއްދާގެ (ހ)ގެ ދަށުން ކަނޑައެޅިފައިވާ އުސޫލާ ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަށް ފުރަތަމަ ފަހަރު ނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ-/500 (ފަސްސަތޭކަ) ރުފިޔާއާއި -/1000 (އެއްހާސް) ރުފިޔާއާއި ދެމެދު އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ -/1000 (އެއްހާސް) ރުފިޔާއާއި -/3000 (ތިންހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރު ކޮށްފިނަމަ -/3000 (ތިންހާސް) ރުފިޔާއާއި -/5000 (ފަސްހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން އަދި ހަތަރުވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

ރަސްމީ ފާލަން ނުވަތަ ޖެޓީ ސަރަޙައްދު:

13.(ހ) ރަސްމީ ޖެޓީ ނުވަތަ ރަސްމީ ފާލަމުގެ ބޭނުން ހިފުމަށް ދަތިވާގޮތަށް ފާލަންނުވަތަ ޖެޓީ ކައިރީގައި އެއްވެސް އުޅަނދެއް އަޅާފައި ބާއްވާގެން ނުވާނެއެވެ.

 

(ށ) ކައުންސިލުން ހުއްދަ ދޭ އުޅަނދުތައް ފިޔަވައި އެހެން އުޅަނދު "ރަސްމީ ފާލަން ނުވަތަ ރަސްމީ ޖެޓީ" އަށް ކައިރިކޮށް ފަސިންޖަރުންނާއި ފަސިންޖަރުންގެ ފޮށިތަންމަތި އަރުވާ ބޭލުމަކީ މަނާ ކަމެކެވެ.

 

(ނ) މި މާއްދާގެ (ހ) އަދި (ށ) އާ ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަށް ފުރަތަމަ ފަހަރު ނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ  -/500 (ފަސްސަތޭކަ) ރުފިޔާއާއި -/1000 (އެއްހާސް) ރުފިޔާއާއި ދެމެދު އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ -/1000 (އެއްހާސް) ރުފިޔާއާއި -/3000 (ތިންހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާކޮށްފިނަމަ -/3000 (ތިންހާސް) ރުފިޔާއާއި -/5000 (ފަސްހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން އަދި ހަތަރުވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެނޭނެއެވެ.

 

ބަނދަރުތެރޭގައި މަސްކިރުން:

14.(ހ) ބަނދަރުތެރޭގައި އެއް އުޅަނދުން އަނެއް އުޅަނދަށް މަސްކިރުވަންވާނީ މަސްކިރުމަށް ކައުންސިލުން އާންމުކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލަށް ހުށަހަޅާ ލިޔުމުން ހުއްދަލިބިފައިވާ މަސްކިރާ ފަރާތްތަކަށެވެ.

 

(ށ) މަސްކިރުވުމުގެ ތެރޭގައިވެސް ބަނދަރުތެރެއަށް ކުންޏާ، މަހުގެ ބާވަތްތަކާއި މި ނޫންވެސް މި ފަދަ ތަކެތި އެޅުމަކީ މަނާކަމެކެވެ.

 

(ނ) މިމާއްދާގެ (ހ) އަދި (ށ) އާ ޚިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރު ނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ -/500 (ފަސްސަތޭކަ) ރުފިޔާއާއި -/1000 (އެއްހާސް)ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ -/1000 (އެއްހާސް) ރުފިޔާއާއި -/3000 (ތިންހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރު ކޮށްފިނަމަ -/3000 (ތިންހާސް) ރުފިޔާއާއި -/5000 (ފަސްހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން އަދި ހަތަރުވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

 

ފަތުރުވެރިންގެ އުޅަނދުފަހަރު:

15.(ހ) ފަތުރުވެރިން ދަތުރުކުރާ އުޅަނދު ބަނދަރުގެ ނެރުން ވަނުމަށްފަހު އެ އުޅަނދު ނެރުން ނިކުންނަންދެން  އޭގައި ތިބި ފަސަންޖަރުންނާއި، ފަޅުވެރިން  އާންމުކޮށް ފެންނަ ގޮތަށް އުޅަނދުގައި ތިބެންޖެހޭނީ އެކަށީގެންވާ ހެދުމެއްގައެވެ.މިގޮތުން ފިރިހެނަކުނަމަ އެންމެ ކުޑަމިނުން ޓީޝާޓް، ސޯޓުބުރިއެކެވެ. އަންހެނަކުނަމަ އެންމެ ކުޑަމިނުން ޓީޝާޓު، ބްލައުޒް ނުވަތަ ގަމީހާއި ސްކަރޓް ނުވަތަ ފައިގެ ފަލަމަސްގަނޑު ނިވާވާވަރުގެ ސޯޓުބުރި، ގައި ފެންނަވަރުގެ ތުނި ހެދުމެއް ނުވަތަ މޭމަތީގައި އައްސާފައިހުންނަ ފޮތިބުރި އެއީ އެކަށީގެންވާ ހެދުމެއް ކަމުގައި ނުބެލެވޭނެއެވެ.

 

(ށ) މި މާއްދާގެ (ހ) އަދި (ށ) އާ ޚިލާފުވެއްޖެނަމަ އެ އުޅަނދަކާ ހަވާލުވެހުރިފަރާތް ނުވަތަ އެޖެންޓަށް ފުރަތަމަ ފަހަރަށް ނަޞޭޙަތްދިނުން، ދެވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ-/500 (ފަސްސަތޭކަ) ރުފިޔާއާއި -/1000 (އެއްހާސް) ރުފިޔާއާއި ދެމެދު އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ -/1000 (އެއްހާސް) ރުފިޔާއާއި -/3000 (ތިންހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ -/3000 (ތިންހާސް) ރުފިޔާއާއި -/5000 (ފަސްހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން އަދި ހަތަރުވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

 

ޚާއްޞަ ހާލަތުގައި އުޅަނދު އަޅާފައިވާ ސަރަޙައްދުން ނެގުން:

16.(ހ)ޚައްޞަ ހާލަތެއް މެދުވެރިވެގެން ކައުންސިލުގެ ފަރާތުން އުޅަނދެއް އޮތްތަނުން ނަގަން ބޭނުންވެއްޖެނަމަ އެ އުޅަނދެއް ނަގަންޖެހޭޚާއްޞަ ޙާލަތް ބަޔާންކޮށް ލިޔުމުން އެ އުޅަނދުގެ ވެރިފަރާތަށް އެކަން އަންގަންވާނެއެވެ.

 

(ށ) މި މާއްދާގެ ބޭނުމަށްޓަކައި ޚާއްޞަ ހާލަތްކަމުގައި ތިރީގައިވާ ކަންތައްތައް ބެލެވިދާނެއެވެ.

1. ވަކި ރަސްމިޔާތަކާއި ގުޅިގެން އެ އުޅަނދު އޮތް ސަރަހައްދު ހުސްކުރަންޖެހުން.

2. ބޮޑު އުޅަނދެއް ބަނދަރަށް ވަންނަންޖެހުން.

3. ބަނދަރު ސާފުކުރުމަށް ރޭވިފައިވާ ހަރަކާތެއްގެ ދަށުން ކުރެވޭ ކަމަކާ ގުޅިގެން އުޅަނދު ނަގަންޖެހުން.

4. ބަނދަރު މަރާމާތުކުރުމަށް ކުރަންޖެހޭ ކަމަކާ ގުޅިގެން އުޅަނދު ނަގަންޖެހުން.މިގޮތަށް ޚާއްޞަ ހާލަތްތަކުގެ ގޮތުގައި ބަޔާންކުރެވުނު ކަންކަމުގައި އިމަރޖެންސީ ހާލަތެއްގައި ނަގަންޖެހޭ ޖެހުން އިސްތިސްނާ ވާނެއެވެ.

 

(ނ) މިމާއްދާގެ (ހ) ގައި ބުނެފައިވާ އެންގުން އެ އުޅަނދެއްގެ ވެރިފަރާތް ނުވަތަ އުޅަނދު ހަވާލުވެގެންހުރި ފަރާތަކާ ހަވާލު ކުރުމުން، ނުވަތަ އެއިން މީހަކު ނެތްނަމަ އެ އުޅަނދުގެ ފަޅުވެރިޔަކާ ޙަވާލުކުރުން، ފަޅުވެރިޔަކުވެސް ނެތްނަމަ ނުވަތަ، އެ ނޯޓިސްއާއި ހަވާލުވާން އުޒުރުވެރިވާނަމަ އެ އުޅަނދުގައި އެ ލިޔުން އާންމުކޮށް ފެންނަގޮތަށް ހަރުކުރުމުން އެ އުޅަނދު ނެގުމަށް އެންގުނީކަމަށް ބަލަންވާނެއެވެ.

 

(ރ) މިމާއްދާގެ (ހ) (ށ) އަދި (ނ) ގައިވާގޮތުގެމަތިން އެ އުޅަނދެއް ނަގަން އެންގުމުން އެ އެންގުމާ ޚިލާފުވާ ފަރާތް ނުވަތަ ފަރާތަތަކަށް ފުރަތަމަ ފަހަރަށް ނަޞޭހަތް ދިނުން. ދެވަނަ ފަހަރަށް ކުށްތަކުރާރުކޮށްފިނަމަ -/500 (ފަސްސަތޭކަ) ރުފިޔާއާއި -/1000 (އެއްހާސް) ރުފިޔާއާއި ދެމެދު އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ -/1000 (އެއްހާސް) ރުފިޔާއާއި -/3000 (ތިންހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާކޮށްފިނަމަ -/3000 (ތިންހާސް) ރުފިޔާއާއި -/5000 (ފަސްހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން އަދި ހަތަރުވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

 

 

އިންޖީނަށް ގެއްލުމެއް ލިބުންފަދަ ދަތުރު ނުކުރެވޭ ހާލަތެއް މެދުވެރިވާ އުޅަނދު:

 

17.އިންޖީނަށް ގެއްލުން ލިބުން ފަދަ ކަންކަމުގައި ދަތުރު ނުކުރެވޭގޮތް ދިމާވެފައިވާ އުޅަނދު ފަހަރުވެސް ތޮށިގަނޑުކައިރީގައި ތޮށިގަނޑު ދިގަށް ބޭއްވޭނީ ކައުންސިލުގެ ހުއްދައާއެކު، ގިނަވެގެން 5 (ފަހެއް) ދުވަސް ވަންދެންނެވެ.އެއަށްވުރެ އިތުރުވާ ކޮންމެ 24 (ސައުވިސް) ގަޑިއިރަކަށް 100 (ސަތޭކަ) ރުފިޔާގެ ފީއެއް ކައުންސިލަށް ދައްކަންވާނެއެވެ.24 (ސައުވިސް) ގަޑިއިރު ހަމަ ނުވިޔަސް 5 ދުވަހައްވުރެ އިތުރުވާ ވަގުތު އެއީ 24 (ސައުވިސް) ގަޑިއިރު ކަމުގައި ބަލައި މިރޭޓުން ފީނެގޭނެއެވެ. މިމާއްދާގެ ދަށުން ކައުންސިލުން ހުއްދަ ދޭނީ ލިބިފައިވާ ގެއްލުން ބަޔާންކޮށް ކައުންސިލަށް ލިޔުމުން ހުށަހެޅުމުންނެވެ. އަދި މިގޮތަށް ހުށަހަޅާތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އުޅަނދަށް ޖަވާބެއް ދޭންވާނެއެވެ.

ބަނދަރާއި ބަނދަރު ސަރަހައްދަށް ކުނިއެޅުން:

 

 

18.(ހ) އެއްވެސް އުޅަނދަކުން ނުވަތަ އެއްވެސް ފަރާތަކުން ފަޅުތެރެއަށާއި ބަނދަރާއި ބަނދަރު ސަރަހައްދަށް ކުނިފަދަ ތަކެތި އެޅުމާއި، ޑަސްބިން ދޮވުމާއި، މަހުގެ ބައިތަކާއި، ގޮހޮރު ފަދަ ތަކެތި އެޅުމަކީ މަނާކަމެކެވެ.އަދި ބަނދަރާއި ބަނދަރު ސަރަހައްދަށް ޤަޟާޙާޖާތް ކުރުމަކީ މަނާކަމެކެވެ.

 

(ށ) އުޅަނދުގެ އަޑީގައި ހުންނަ ތެޔޮއެކުލެވޭ ނުވަތަ ތެޔޮފަދަ އެއްޗެކާ ތަޣައްޔަރުވެފައިވާ ފެން ނުވަތަ ދިޔަގަނޑު ބަނދަރުތެރައަށް ހިއްކުމަކީ މަނާކަމެކެވެ.

 

(ނ)މި މާއްދާގެ (ހ) އަދި (ށ) އާއި ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށްފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރަށް ކުށް ތަކުރާރު ކޮށްފިނަމަ -/500 (ފަސްސަތޭކަ) ރުފިޔާއާއި -/1000 (އެއްހާސް) ރުފިޔާއާއި ދެމެދުއަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ -/1000 (އެއްހާސް) ރުފިޔާއާއި -/3000 (ތިންހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާކޮށްފިނަމަ -/3000 (ތިންހާސް) ރުފިޔާއާއި -/5000 (ފަސްހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން އަދި ހަތަރުވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

ބަނދަރު ސަރަހައްދުގައި މަސް ކެނޑުން:

 

 

 

19.(ހ)މަސްމާރުކޭޓު ނުވަތަ ކައުންސިލުން އެކަމަށް ކަނޑައަޅާ ސަރަހައްދެއް ފިޔަވައި ބަނދަރުގެ އެހެން އެއްވެސް ތަނެއްގައި އެއްވެސް ބާވަތެއްގެ މަހެއް ނުވަތަ މަސްތަކެއް ކެނޑުމާއި ވިއްކުމަކީ މަނާކަމެކެވެ.

 

(ށ)މަސް މާރުކޭޓު ސަރަހައްދަށް މަސް ގެންދިޔުމުގައި ނުވަތަ އުފުލުމުގައި ބަނދަރުގެ އެއްގަމު ތޮށި ހަޑިވާގޮތަށް އެކަން ކުރުމަކީ މަނާކަމެކެވެ.

 

(ނ) މިމާއްދާގެ (ހ) އަދި (ށ) އާއި ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ -/500 (ފަސްސަތޭކަ) ރުފިޔާއާއި -/1000 (އެއްހާސް) ރުފިޔާއާއި ދެމެދުއަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ -/1000 (އެއްހާސް) ރުފިޔާއާއި -/3000 (ތިންހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާކޮށްފިނަމަ -/3000 (ތިންހާސް) ރުފިޔާއާއި -/5000 (ފަސްހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން އަދި ހަތަރުވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކު

 

ރެވޭނެއެވެ.

 

ބަނދަރު ތެރޭގައި އެންކޮށްޓާއި ދިރޭމަސް ގެންގުޅުން:

20.(ހ) ބަނދަރު ތެރޭގައާއި ބަނދަރު ސަރަހައްދުގައި އެންކޮށްޓާއި ދިރޭމަސް ކޮށީގައި ބަހައްޓައިގެން ގެންގުޅުމަކީ މަނާކަމެކެވެ.

 

(ށ) މި މައްދާގެ (ހ) ގައި އެހެން ބުނެފައިވީ ނަމަވެސް މޫސުމީ މަސްވެރިކަމަށް މަސްވެރިން ގެންގުޅޭ ދިރޭ މަސް ދޯނީގައްޔާއި ދޯނީގައި ހަރުކޮށްފައި ހުންނަ ދާތަކުގައި ވަގުތީގޮތުން ގެންޅުމަކަށް މި މައްދާގެ (ހ) ހުރަހެއް ނާޅައެވެ.އަދި މިގޮތަށް މަސް ގެންގުޅެންވާނީ އެހެން ފަރާތަކަށް އުދަނގޫ ނުވާނެހެންނެވެ.

 

(ނ)މިމާއްދާގެ (ހ) އަދި (ށ) އާއި ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ -/500 (ފަސްސަތޭކަ) ރުފިޔާއާއި -/1000 (އެއްހާސް) ރުފިޔާއާއި ދެމެދު އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ -/1000 (އެއްހާސް) ރުފިޔާއާއި -/3000 (ތިންހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާކޮށްފިނަމަ -/3000 (ތިންހާސް) ރުފިޔާއާއި -/5000 (ފަސްހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން އަދި ހަތަރުވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

 

ބަނދަރުގެ ސަރަހައްދުގެ ފަޅުތެރެއަށް ފެތޭ އުޅަނދު:

21.(ހ) ބަނދަރު ސަރަހައްދުގެ ފަޅުތެރެއަށް އުޅަނދެއް ފެތިއްޖެނަމަ ނުވަތަ އަޑިއަށް ގޮސްފިނަމަ އެ އުޅަނދެއް ގިނަވެގެން 48 (ސާޅިސް އަށެއް) ގަޑިއިރުގެ ތެރޭގައި ނަގަންވާނެއެވެ. އަދި އުޅަނދެއް ބަނދަރު ސަރަހައްދަށް ފެތިފައި ނުވަތަ އަޑިއަށް ގޮސްފައި އޮވެ، 5 (ފަހެއް) ދުވަހަށްވުރެ އިތުރުވެއްޖެނަމަ، އެ އުޅަނދެއް ނުގުމަށް ކައުންސިލުގެ ފަރާތުން އެ އުޅަނދުގެ ވެރިފަރާތަށް ނުވަތަ އެ އުޅަނދަކާ ހަވާލުވެހުރިފަރާތަކަށް އަންގަންވާނެއެވެ. އަދި އުޅަނދުގެ ވެރިފަރާތް ނުވަތަ ހަވާލުވެހުރިފަރާތް ނޭނގޭނަމަ އެފަރާތެއް ހޯދުމަށްޓަކައި އާންމުކޮށް އިއުލާން ކުރަންވާނެއެވެ.

 

(ށ)މިމާއްދާގެ (ހ) ގައި ވާ ގޮތަށް އަންގާތާ ނުވަތަ އިޢުލާން ކުރާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ އުޅަނދެއްގެ ވެރިފަރާތް ނުވަތަ ހަވާލުވެހުރި ފަރާތުން އެއްވެސް ޚަބަރެއް ނުވެއްޖެނަމަ، ނުވަތަ އެފަރާތް އެނގިގެން މިމާއްދާގެ (ހ) ގައިވާ އެންގުން އެންގުމަށްފަހު ވެސް އެ އުޅަނދެއް ބަނދަރު ސަރަހައްދުން ނުނަގައިފިނަމަ، އެ އުޅަނދެއް ބަނދަރު ސަރަހައްދުން ނަގައި ކައުންސިލުން ކަނޑައަޅާ ތަނަކަށް ގެންދިއުމުގެ ހުއްދަ ކޯޓް ޢަމުރެއްގެ ދަށުން ހޯދައި އެތަނަކަށް އެ އުޅަނދެއް ގެންދަންވާނެއެވެ. އަދި މިގޮތަށް ގެންދާ ގެންދިއުމުގައި އުޅަނދަށް ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލުގެ ފަރާތުން ޒިންމާވާކަށް ނުޖެހޭނެއެވެ.

 

(ނ) މިމާއްދާގެ (ށ) ގައިވާ އުސޫލުން ނެގޭ އުޅަނދުތައް ނެގުމަށާއި އެ އުޅަނދުގެ ވެރިފަރާތް އިޢުލާން ކުރުމަށާއި އެއުޅަނދު އެތަނުން ނެގުމަށް ދިޔަ ޚަރަދާއި އެއުޅަނދަށް އިތުރު އެއްވެސް ފީއެއް ދައްކަންޖެހި ނުދައްކައިވާނަމަ، އަދި ޖޫރިމަނާއެއް ކުރެވި އެ ފައިސާ ނުދައްކައިވާނަމަ،އެ ފައިސާ ދައްކާ ހަލާސްކޮށް، ފައިސާ ދެއްކި ކަމުގެ ލިޔުމާއި އުޅަނދާބެހޭ ރަސްމީ ލިޔުންތައް ހުށަހެޅުމުން އެއުޅަނދެއް އުޅަނދުގެ ވެރިފަރާތާ ހަވާލުކުރަންވާނެއެވެ.

 

(ރ) އުޅަނދު ނަގާތާ 15 (ފަނަރަ) ދުވަސްވުމުން، އުޅަނދު ދޫކުރެވޭނީ މިމާއްދާގެ (ނ) ގައިވާ ފީއާއި ޖޫރިމަނާގެ އިތުރުން އިތުރަށް ހިނގާ ކޮންމެދުވަހަކަށް -/75 (ހަތްދިހަފަހެއް) ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް ފަހުގައެވެ. އަދި މިގޮތުން ނެގޭ އުޅަނދެއް ނުގެންގޮސް 6 (ހައެއް) މަސްދުވަހުގެ މުއްދަތައްވުރެ އިތުރުވެއްޖެނަމަ، އެއުޅަނދެއް ނައްތާލުމުގެ ބާރު ނުވަތަ ނީލަމުގައި ވިއްކާލުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ. މިގޮތަށް ކަންތައް ކުރާނީ އާންމުކޮށް އިޢުލާން ކުރުމަށްފަހު ކޯޓު އަމުރުގެ ދަށުންނެވެ.

 

(ބ)މިމާއްދާގެ (ރ) ގެ ދަށުން ނައްތައިލެވޭ އުޅަނދުތަކަށް، ޖޫރިމަނާއާއި ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ހޯދުމަށް އެ އުޅަނދުގެ ވެރިފަރާތާމެދު ދައުވާކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.

 

މި އުސޫލުގެ ދަށުން ފަޅުތެރެއިންނެގޭ އުޅަނދުތަށް ނުގުމުގައި ޢަމަލު ކުރާނެގޮތް:

22.(ހ) މިމާއްދާގެ 21 ވަނަ މާއްދާގެ ދަށުން ބަނދަރު ސަރަހައްދުން ނަގާ އުޅަނދުތައް ނެގުމުގެ ކުރިން ތިރީގައިވާ ގޮތަށް ޢަމަލު ކުރަންވާނެއެވެ.

1. އުޅަނދު އޮތްތަނުން ނެގުމުގެ ކުރިން ފޮޓޯ ނުވަތަ ވީޑިއޯ ނަގަންވާނެއެވެ.

2. އުޅަނދު ނެގުމުގެ ކުރިން އުޅަނދު އޮތް ހާލަތު ބަޔާން ކުރާ ރިޕޯޓެއް ތައްޔާރުކޮށް، ތިޕޯޓް ތައްޔާރުކުރި ފަރާތާއި، އެއުޅަނދުގެ ހާލަތު ވަޒަން ކުރި ކައުންސިލުގައި ނުހިމެނޭ އިތުރު ދެ މީހަކު ހެކިންގެ ގޮތުގައި ރިޕޯޓުގައި ސޮއި ކޮށްފައި އޮންނަންވާނެއެވެ.

 

(ށ) މިމާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ރިޕޯޓް އެކުލަވާލާނީ އއ. ހިމަންދޫ ޕޮލިސް ސްޓޭޝަންގެ އެހީތެރިކަމާއެކުގައެވެ.

 

ބަނދަރު ސަރަހައްދު ފަޅު ތެރެއަށް މޫދަށް އެރި އުޅުން:

23.(ހ) ބަނދަރު ސަރަހައްދުގެ ފަޅުތެރެއަށް އާންމުކޮށް މޫދަށް އެރި އުޅުމަކީ މަނާކަމެކެވެ.

 

(ށ) މިމާއްދާގެ (ހ) އާ ޚިލާފުވާ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުމަށްފަހު  އެކަން ތަކުރާރު ކޮށްފިނަމަ ތަކުރާރުކުރާ ކޮންމެފަހަރަކު -/500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

 

ފަޅު ތެރޭގައި އުޅަނދު ދުއްވަންޖެހޭ ސްޕީޑް:

24.(ހ) ބަނދަރު ސަރަހައްދު ފަޅުތެރޭގައި އުޅަނދު ދުއްވަންވާނީ ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކަށް އެންމެ އެކަށީގެންވާ މިންވަރަކަށް ރައްކާތެރިވެގެންނެވެ. މިގޮތުން ގަޑިއަކު 4 ނޯޓިކަލް މޭލަށް ވުރެ ބާރު ސްޕީޑެއްގައި ފަޅުތެރޭގައި އުޅަނދު ދުއްވުމަކީ މަނާކަމެކެވެ.

 

ބަނދަރު ސަރަހައްދުގައި      އޮޑިދޯނިފަހަރު މަރަމާތުކުރުން:

25.(ހ) ބަނދަރު ސަރަހައްދުގައި އެއްވެސް އުޅަނދެއް މަރާމާތު ކުރަންވާނީ މި ކައުންސިލުގެ ހުއްދަ ލިޔުމުން ލިބިގެންނެވެ. އަދި މިފަދަ ހުއްދައަކަށް އެދި އެކަށީގެންވާ ސަބަބަކާއެކު އެއްވެސް ފަރާތަކުން ހުށަހަޅާފިނަމަ މި އުސޫލުގެދަށުން އެފަރާތަކަށް ހުއްދަ ލިޔުމުން ދެވޭނެއެވެ.

 

ޖޫރިމަނާ:

26.(ހ)އެހެން ޤާނޫނަކުން ވަކިގޮތަކަށް ޢަމަލުކުރުމަށް ކަނޑައެޅިފައި ނުވާ ކަންކަމުގައި، މި އުސޫލުގައި ކުރުމަށް އަންގާފައިވާ ކަމެއް ނުކުރުމުން ނުވަތަ ނުކުރުމަށް އަންގާފައިވާ ކަމެއް ކުރުމުން، މިއުސޫލުގައި ކަނޑައަޅާފައިވާ ގޮތެއްގެ މަތިން އެކުށެއްކުރި ފަރާތަކާމެދު ފިޔަވަޅު އަޅާނީ އއ.ހިމަންދޫކައުންސިލުންނެވެ.

 

(ށ)މިއުސޫލުގެ ދަށުން އެއްވެސް ފަރާތެއް ޖޫރިމަނާ ކުރެވޭނީ، އެފަރާތެއް ކުރި ކުށް މި ކައުންސިލުން ބަލައި ކުށުގެ ހާދިސާ ދިރާސާކުރުމަށް ފަހުގައެވެ.

 

(ނ) މި އުސޫލުގައި ހިމެނޭ އެންމެހާ ފީތަށް ދައްކަންވާނީ އއ. ހިމަންދޫ ކައުންސިލްއިދާރާ އަށެވެ.

 

10 ޖޫން 2020