ދިވެހިރާއްޖެ
މި އިޢުލާންވަނީ 09 ޖޫން 2020 17:36 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2020/46 |
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-10 -20) PSM-GA /2019/396 |
އިޢުލާން
- ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު
އައިއެސްޑީބީޓީ ޕްރޮޖެކްޓްގެ ޚިދުމަތް ރާއްޖެތެރޭގެ ރަށްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ވިލިމާލެ އިން ޕީއެސްއެމްއަށް ލިބިފައިވާ ބިމުގައި ހުރި ރުއްގަސް ކަނޑައި ބިންސާފްކޮށް، ބިންގަނޑު ލެވެލް ކުރުމާއި ގުޅޭ މަސައްކަތްކޮށްދޭނެ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ބިން ސާފުކުރުމަށް ބޭނުންވާ މަޢުލޫމާތު
1- ބިމުގެ ސަރަޙައްދުގައި (ޕަބްލިކް ސަރވިސް މީޑިއާ އިން ފާހަގަކޮށްފައިވާ) ހުރި ރުއް، ގަސް ކަނޑާ ބުޑްތަކާއެކު ބިމުންކޮނެ ނަގާ އުކާލާ ސާފްކުރުން.
2- ބިމުގައިހުރި ،ގައު ތާކާއި ، ގައުކުނޑިތައް އުކާލާ ބިންސާފްކުރުން
3- ބިމުގެ ސަރަޙައްދުގައިހުރި އެހެނިހެންތަކެތި ނަގައި، ވިނަތައް ނޮޅާ އުކާލާ ސާފްކުރުން.
4- ބިމުގެ ސަރަހައްދު ކުނި ނަގާ އުކާލުމަށްފަހު ބިން ލެވެލްކޮށް އެއްވަރު ކުރުން.
5- ބިން ލެވެލް ކުރާއިރު އުފެދޭކުންޏާއި ، ގައުފަދަ ތަކެތި ނަގާ އުކާލާ ބިން ސާފްކުރުން.
6- ޕީއެސްއެމް ބިމުގެ ހުރި ގަސްތައްނަގާ ބިން ސާފުކުރާ އިރު ސާފު ކުރަން ބުނެފައިވާ ސަރަހައްދައް އެހެން ގަހެއްގެ އޮފިތައް ވަދެފައިވާނަމަ އެ އޮފިތައް ކޮށާ ސާފުކުރުން
- ވިލިމާލެގައިވާ ބިމުގެ ސަރަހައްދުގެ ބޮޑު މިނަކީ 1200 (ބާރަސަތޭކަ) އަކަ މީޓަރެވެ. (12916.69 އަކަ ފޫޓު). ނުވަތަ 40މ × 30މ އެވެ
- ރުއްގަސް ކެނޑުމަށް ހަމަޖެހިފައިވަނީ ވެށި މަގުން ފެށިގެން ހުޅަނގައް އިމުގެ ތެރެއިން 7 މީޓަރު ދޫކުރުމަށް ފަހުގައެވެ.މި ގޮތުން ދޫކޮއްލެވޭ ސަރަހައްދު ގެ ދިގުމިނުގައި 40 މީޓަރ އަދި ފުޅާމިނުގައި 7 މީޓަރު ހުންނަންވާނެއެވެ.
- ބިންސާފު ކޮއްނިމިފައި އޮންނަ އިރު ސާފުކުރެވިފައި އޮންނާނެ ސަރަހައްދު ގެ ބޮޑުމިނަކީ 40މ × 23މ އެވެ.
- ވިލިމާލޭ ޕީއެސްއެމް ބިމުގެ ޗާރޓް މި އިޢުލާނާއެކު އެޓޭޗްކޮށްފައި ވާނެއެވެ.
- އިތުރު މަޢުލޫމާތު އޮޅުންފިލުވަން ބޭނުންނަމަ ގުޅުއްވާނީ ޢަލީސަލީމް 7905785 (މެނޭޖަރ ޕްރޮޖެކްޓްސް).
ޕްރޮޕޯސަލް ހުށަހަޅާ ފަރާތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަކޮށް ، ހުށަހަޅަންވާނެއެވެ. |
|
އަންދާސީ ހިސާބުގައި ހިމަނަންޖެހޭ އަސާސީ މަޢުލޫމާތު:
ބިޑް ހުށަހަޅާ މަރުޙަލާގައި ، އަސާސީ މަޢުލޫމާތެއް މަދުނަމަ، އެޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ. |
1- މަސައްކަތުގެ ނުވަތަ ތަކެތީގެ އަގު: ދިވެހި ރުފިޔާއިން: (ތަފްޞީލާއެކު) 2- މުއްދަތު: (މަސައްކަތް ނިންމާނެ މުއްދަތު ނުވަތަ ޑެލިވަރީގެ މުއްދަތު) 3- ބިޑްގެއަގު 500,000.00ރ. (ފަސްލައްކަރުފިޔާއިންމަތިންއަގުހުށަޅާނަމަ) 10,000.00ރ. ރުފިޔާގެ ބޭންކް ގެރެންޓީ (ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 90 ދުވަހެވެ.)
4- ކޮމްޕެނީ ރަޖިސްޓްރީގެ ކޮޕީ: 5- ޖީ.އެސް.ޓީ / ޓެކްސް ރަޖިސްޓްރީ ސެޓްފިކެޓްގެ ކޮޕީ:
6- އައިޑީކާރޑްގެ ކޮޕީ: 7- ޓެކްސް އަށް ރަޖިސްޓްރީ ކޮށްފައިވާ ނަމަ، ސެޓްފިކެޓްގެ ކޮޕީ: ނުކުރާނަމަ އެކަންއެގޭނެލިޔުމެއް.
|
ހުށަހަޅުއްވާ ބިޑްގެ އަގު 1 މިލިއަނަށްވުރެ މަތިވާނަމަ ، ބިޑް އިވެލުއޭޓްކޮށް، އެވޯޑްކޮށް އެފަރާތަށް އެންގުމުން ޕާރފޮރމަންސް ސެކިއުރިޓީ ހުށަހަޅަންވާނެއެވެ. |
|
ޕްރޮޕޯސަލް ބާޠިލްވާނެ ޙާލަތްތައް |
|
މަސައްކަތްކޮށްދޭނެއަގު ހުށަހަޅާނެގޮތް: |
|
ޕޮއިންޓްދެވޭނެގޮތް |
|
ސުންގަޑި: |
|
އިވެލުއޭޓްކުރެވޭނެގޮތް: |
|
މަސައްކަތް ޙަވާލުކުރުން |
|
ޕްރޮޕޯސަލް ބަލައިގަންނާނީ ދެވިފައިވާ މެއިލް އެޑްރެސްއިންނެވެ. |
|
15 ޝައްވާލް 1441
07 ޖޫން 2020