ވަޒީފާގެ ފުރުޞަތު
ނަންބަރު: IUL 415-HR/415/2020/78
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 21:29
ސުންގަޑި: 11 ޖޫން 2020 13:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ސުޕަރވައިޒަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 މަޤާމް:

ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ސުޕަރވައިޒަރ

ބޭނުންވާ ޢަދަދު:    01

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް

(މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ. މިވަޒީފާއަކީ ވޭޖް އެމްޕްލޯއިމެންޓް އުޞޫލުން އުޖޫރަ ދެވޭ ވަޒީފާއެކެވެ.)

މުސާރައާއި އެލަވަންސް:  

މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 270/- (ދުވިސައްތަ ހަތްދިހަ) ރުފިޔާ.

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ހުކުރު، ޢީދު ، ޙައްޖު، ރަމަޟާންމަހާއި ހިޖުރީ އަދި މީލާދީ އަހަރު ފެށޭ ދުވަސް ފަދަ ދީނީ އަދި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ހޮނިހިރު ދުވަސް ހިމެނޭގޮތަށް (ޙަފްތާއަކު 6 ދުވަހު) ކޮންމެ ދުވަހަކު

  • ހެނދުނު 09:00 އިން 12:00 އަށް
  • މެންދުރުފަހު 14:00 އިން 19:00 އަށް.

އަދި މީގެ އިތުރުން އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި.

ތަޢްލީމީ ފެންވަރު:

1-   ގްރޭޑް 7 ގެ ފެންވަރަށް ތަކެތި ދަތުމާއެކު، ދިވެހިބަހާއި އިނގިރޭސި ބަހުން ލިޔެފައި ހުންނަ ތަކެތި ކިޔަން އެނގުން.

 

ނުވަތަ

2-    ސުޕަރަވައިޒަރެއްގެ ގޮތުގައި ޙަރަކާތްތެރިވެފައިވާކަން ބަޔާންކޮށްދޭ ލިޔުމެއް އޮތުން.

ޝަރުޠު:  ޢުމުރުން 65 އަހަރުވެފައިވާ ފަރާތެއް ކަމުގައި ނުވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. ރައްޔިތުންނާއި މުޢާމަލާތުކުރުމުގެ ހުނަރު.
  2. ގިނަވަގުތު މަސައްކަތުގައި އުޅެވުން.
  3. މަސައްކަތް ރާވާހިންގަން އެގުމާއި މީހުން ގޮވައިގެން މަސައްކަތް ކުރަން އެނގުން.
  4. މެކޭނިކަލް މަސައްކަތް ކުރަން އެނގުމާއި މެޝިނަރީއާއި ވެހިކިއުލަރ އިކުވިޕްމެންޓްތަކަށް ދިމާވާ ކުދިކުދި މައްސަލަތައް އަމިއްލައަށް ޙައްލު ކުރަން އެނގުން.
  5. ވެލްޑިންގ، ވަޑާންފަދަ މަސައްކަތްތައް އެނގުން.

ވަޒީފާއަށް މީހުން ޢައްޔަނު ކުރުމުގައި އިސްކަންދޭނެ ކަންތައްތައް:

  1. ހެވީ ވެހިކަލް 1.5 ޓަނުން ފެށިގެން މަތީ ވެހިކަލް ދުއްވުމުގެ ލައިސަންސް ލިބިފައިވުން.
  2. ވެލްޑިންގ ކުރުމުގެ ހުނަރު ލިބިފައިވާ ފަރިތަކަމާއެކު މެޓަލް ފެބްރިކޭޝަން އެންޑް ވެލްޑިންގ މަސައްކަތް ކުރަން އެނގުން.
  3. އިލެކްޓްރިކް މަސައްކަތް ކުރަން ދަންނަ އެކަމުގެ ސަނަދު ލިބިފައިވުން.
  4. ސުޕަރވައިޒަރ / ސަރުދާރެއްގެ ގޮތުގައި ސަރުކާރު ނުވަތަ އަމިއްލަ ވިޔަފާރިއެއްގައި މަސައްކަތް ކޮށްފައިވުން.
  5. ތިނަދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ސައިޓަށް ޖަމާވާ ކުނީގެ ބާވަތްތައް މަސައްކަތްތެރިން ބޭނުންކޮށްގެން ބައިބަޔަށް އަޅައި ތަރުތީބު ކުރުވުމާއި އަނބުރާ ބޭނުންކުރެވޭ ބާވަތްތަކުގެ ކުނި ވަކިކޮށް ރައްކާ ކުރުމާޢި މެޝިން ބޭނުންކޮށްގެން މެނޭޖްކުރެވޭ ކުނި މެޝިނުގެ އެހީގައި ބަންދުކުރުން.
  6. ސައިޓަށް ޖަމާވާ ކުނި ބޭނުންކޮށްގެން ކޮމްޕޯސްޓް ތައްޔާރުކުރުމުގެ މަސައްކަތްކުރުން.
  7. ކުނީގެ ބާވަތްތަކުގެ ތެރެއިން އަންދާލައިގެން ނައްތާލަންޖެހޭ މެޑިކަލް ވޭސްޓް ފަދަ ތަކެތި މަސައްކަތް ކުރުވުން.
  8. ސައިޓުގައި ހުންނަ މެޝިންތަކާއި ވެހިކަލްތައް ދޮވެ ސާފުކޮށް ތެޔޮ ޖަހައި ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ މަސައްކަތްކުރުން.
  9. ކުނި އަންދާ ބެޑްތައް ދުވަހުން ދުވަހަށް ސާފުކޮށް ބެޑްތައް މަރާމާތުކުރުން.
  10. ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތްތައް ދުވަހުން ދުވަހަށް ސުޕަރަވައިޒްކޮށް، މަސައްކަތުގައި އެހީތެރިވެ، މުވައްޒަފުންނަށާއި ސައިޓަށް ބޭނުންވާ ތަކެއްޗާއި ވަޞީލަތްތައް ހޯދުމަށް އިދާރާއާއި ކޯރޑިނޭޓް ކުރުން.
  11. ކައުންސިލްގެ އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-   ވަޒީފާއަށް އެދޭ ފޯމް.

2-   ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-   ތަޢްލީމީ ސަނަދުތުތަކުގެ ކޮޕީ.

4-   މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި:

11 ޖޫން 2020 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

10 ޝައްވާލު 1441

02 ޖޫން 2020

08 ޖޫން 2020