ދިވެހިރާއްޖެ
މި އިދާރާއިން މަރާމާތުކުރުމުގެ މަސައްކަތްކުރަމުން ދިޔަ އިމާރާތެއްކަމަށްވާ ކުރިން ޕްރީސުކޫލް ހިންގި އިމާރާތުގެ ނުނިމިހުރި މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި ޢިޢުލާންކުރަމެއެވެ.
މި އިމާރާތް ހުންނާނީ މުންޑޫ ސްކޫލްގެ ދެކުނު ފަރާތުގައި އޮންނަ ވަލުމިސްކިތްމަގުގެ އިރުމަތީ ކޮޅުގައެވެ. އިމާރާތް ބަލަން ބޭނުންވާ ފަރާތްތަކުން އެއިމާރާތް ބަލާ ޗެކްކުރުމުގެ ފުރުސަތު ކައުންސިލްގެ އިދާރާއިން ފަހިކޮށްދެވޭނެއެވެ.
އެހެންކަމުން މަތީގައި ބަޔާންކޮށްފައިވާ އިމާރާތުގެ މިހާރު ކުރަން ހުރި މަސައްކަތްތައް ކޮށްދެން ސައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ވަގުތުތަކަށް ކައުންސިލްގެ އިދާރާއަށް ހާޒިރުވެ މައުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާޒީ ހިސާބް ހުށަހެޅުއްވުން އެދެމެއެވެ. އަދި މައުލޫމާތު ސާފްކުރާއިރު މަސައްކަތްތައް ހުންނަންޖެހޭނެ ގޮތުގެ ކުރެހުމެއް މައުލޫމާތު ކަރުދާހާއި އެކީ ހަވާލްކުރެވޭނެއެވެ.
| ތަފްސީލް | ތާރީހް | ދުވަސް | ގަޑި | ތަން | 
| މައުލޫމާތު ސާފުކުރުން | 15 ޖޫން 2020 | ހޯމަ | 10:00 | މުންޑޫ ކައުންސިލް އިދާރާ | 
| އެސްޓިމޭޓް ހުށައެޅުން | 22 ޖޫން 2020 | ހޯމަ | 10:00 | މުންޑޫ ކައުންސިލް އިދާރާ | 
މައުލޫމާތު ސާފުކުރެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ނުވަތަ ވިޔަފާރިތަކަށެވެ. މައުލޫމާތު ސާފުކުރަން ހާޒިރުވާއިރު ކުންފުނި ނުވަތަ ވިޔަފާރިތަކުންނަމަ އެކަން އަންގައިދޭ ލިޔުމެއް ގެންނަންވާނެއެވެ. މައުލޫމާތު ސާފުނުކުރާ ފަރާތްތަކުގެ ބިޑްބަލައި ނުގަނެވޭނެއެވެ. އަދި މައުލޫމާތު ސާފުކުރުމަށް އަދި ބިޑް ހުށައެޅުމަށް ގަޑިއަށް ޙަޒިރުނުވާ ފަރާތްތަށް ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
16 ޝައްވާލް 1441
08 ޖޫން 2020