ދިވެހިރާއްޖެ
އިޢުލާން
ލ. މާންދޫ އިރުމަތީ ފަރާތުގައި އޮންނަ ރުއްގަނޑު ވަރުވާ އަށް ދޫކުރުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑް ޑޮކިއުމަންޓް ގަތުމަށްފަހު ތިރީގައިވާ ގަޑިއަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/500 (ފަސް ސަތޭކަ ރުފިޔާ) އެވެ. ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖެހިފައިވަނީ 07 ޖޫން 2020 އިން 11 ޖޫން 2020 ވަނަ ދުވަހުގެ ނިޔަލަށެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް މި އިދާރާގެ އެކައުންޓް 7707700315001 (1450 ރެވެނިއު 01) ނަންބަރަށް ފައިސާ ޓްރާންސްފާރ ކުރެއްވުމަށްފަހު 7630030 މި ނަންބަރ އަށް ވައިބަރ ކޮށްދެއްވުން އެދެމެވެ. ބިޑް ޑޮކިއުމަންޓް ދޫކުރާނީ 15 ޖޫން 2020 ވަނަ ދުވަހުގެ ހެނދުނު 9:15 އިން 12:45 އާ ދެމެދުގައެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
ޕްރީބިޑް މީޓިންގ |
ގަމު ކައުންސިލް އިދާރާ |
17 ޖޫން 2020 |
ބުދަ |
12:00 |
އެސްޓިމޭޓް ހުށަހެޅުން |
ގަމު ކައުންސިލް އިދާރާ |
22 ޖޫން 2020 |
ހޯމަ |
12:00 |
މަޢުލޫމާތު ލިބިގަތުމާއި، އެސްޓިމޭޓް ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި މިކަމަށް އެދި މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގަންނަވާނީ މަޢުލޫމާތު ސާފުކުރުމުގެ 01 ފުރުޞަތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އެސްޓިމޭޓް ހުށަހަޅުއްވަން ވަޑައިގަންނަވާއިރު މާސްކް އަޅުއްވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.
15 J 1441 ހ.
07 ޖޫން 2020 މ.