ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)399-EDS/399/2020/50
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 11:30
ސުންގަޑި: 17 ޖޫން 2020 11:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް ބިމެއް ކުއްޔަށް ދޫކުރުން

އިޢުލާން

             ލ. ގަމުގެ ދަނޑުވެރިންނަށް ތަމްރީނު ދިނުމަށާއި، ޒަމާނީ ދަނޑުވެރިކަމުގެ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަމުގެ އައު އުފެއްދުންތައް ތަޢާރަފު ކުރުމާއި އެކު ތިމާވެއްޓާއި ރަޙުމަތްތެރި ދަނޑުވެރިކަމުގެ ސިނާޢަތެއް އުފެއްދުމުގެ މަގުސަދުގައި ދަނޑުވެރިކަން ކުރުމަށް ބިމެއް ކުއްޔަށް ދޫކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ބިން އޮންނާނީ ކުރީގެ ސިނާއީ އޮފީސް ގޯތީގެ ދެކުނުންނެވެ.

                      ވީމާ، މި މަޝްރޫއު އަމިއްލަ ޚަރަދުގައި ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑް ޑޮކިއުމަންޓް ގަތުމަށްފަހު ތިރީގައިވާ ގަޑިއަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/100 (ސަތޭކަ ރުފިޔާ) އެވެ. ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖެހިފައިވަނީ 07 ޖޫން 2020 އިން 11 ޖޫން 2020 ވަނަ ދުވަހުގެ ނިޔަލަށެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް މި އިދާރާގެ އެކައުންޓް 7707700315001 (1450 ރެވެނިއު 01) ނަންބަރަށް ފައިސާ ޓްރާންސްފާ ކުރެއްވުމަށްފަހު 7630030 މި ނަންބަރ އަށް ވައިބަރ ކޮށްދެއްވުން އެދެމެވެ. ބިޑް ޑޮކިއުމަންޓް ދޫކުރާނީ 15 ޖޫން 2020 ވަނަ ދުވަހުގެ ހެނދުނު 9:15 އިން 12:45 އާ ދެމެދުގައެވެ.

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ގަޑި

ޕްރީބިޑް މީޓިންގ

ގަމު ކައުންސިލް އިދާރާ

17 ޖޫން 2020

ބުދަ

11:00

އެސްޓިމޭޓް ހުށަހެޅުން

ގަމު ކައުންސިލް އިދާރާ

22 ޖޫން 2020

ހޯމަ

11:00

 

              މަޢުލޫމާތު ލިބިގަތުމާއި، އެސްޓިމޭޓް ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި މިކަމަށް އެދި މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގަންނަވާނީ މަޢުލޫމާތު ސާފުކުރުމުގެ 01 ފުރުޞަތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އެސްޓިމޭޓް ހުށަހަޅުއްވަން ވަޑައިގަންނަވާއިރު މާސްކް އަޅުއްވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.   

10 J 1441 ހ.

07 ޖޫން 2020 މ.

 

07 ޖޫން 2020