ދިވެހިރާއްޖެ
އިޢުލާން
ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 2020/44 އެންގުމުގެ މައްޗަށް ރިޢާޔަތްކޮށް، ކަނޑައެޅިފައިވާ ވަކިވަގުތުތަކުގައި އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުމުގައި ލުއިފަސޭހަތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން 2020 ޖޫން 06 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 18:00 އަށް އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދައަކާއި ނުލައި ދަތުރުކުރެވޭނެއެވެ. މިވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި ޟަރޫރީ ބޭނުންތަކަށާއި ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރެވޭނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދަ ހޯދައިގެންނެވެ. މީގެ އިތުރުން، ހުޅުދޫ އަދި މީދޫ ރައްޔިތުން ގުޅިފައިވާ ރަށްތަކަށް ދަތުރުކުރުމަށް ފެރީގެ ޚިދުމަތްދޭން ހަމަޖެހިފައިވާ ގަޑިތައް ސަދަރން ޓްރާންޕޯޓް ލިންކް އިން އާއްމުކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.
މަތީގައި ދެންނެވުނު ގޮތަށް ދަތުރުކުރުމަށް ލުއި ފަސޭހަތަކެއް ދިން ކަމުގައި ވީނަމަވެސް، ކޮންމެހެން ދާންޖެހިގެން މެނުވީ އެއް އަވަށުން އަނެއް އަވަށަށް ދަތުރުނުކުރުމަށާއި ގިނަ މީހުން އެއްވާ ތަންތަނަށް އެއްވެ ނުއުޅުމަށް އިލްތިމާސް ކުރަމެވެ. އަދި ލުއި ފަސޭހަތައް މިހެން އޮތްކަމުގައި ވީނަމަވެސް ދަތުރު (ޕިކްނިކް) ދިއުމަކީ މަނާ ކަމެކެވެ. މިގޮތަށް ހަމަޖެއްސި ނަމަވެސް ކޮވިޑްގެ ކޭސް އެއްފެނި ހާލަތު ބަދަލުވާ ހިނދު މިކަންކަމަށް ބަދަލު ގެނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
13 ޝައްވާލް 1441