ދިވެހިރާއްޖެ
c
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
މާމެންދޫ
ދިވެހިރާއްޖެ
ނަންބަރ: (IUL)403-M/403/2020/98
އިޢުލާނު
ބަނދަރު ސަރަހައްދުގައި މަސްކަނޑާނެ ތަނެއް ހެދުމާއިގުޅޭ
ބަނދަރު ސަރަހއްދުގައި މަސްކަނޑާނެ ތަނެއް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
* މަޢުލޫމާތު ސާފުކުރުން: 09 ޖޫން 2020 ވާ ހޯމަ ދުވަހުގެ 10:30 އަށް
* އެސްޓިމޭޓް ހުށަހެޅުން: 16 ޖޫން 2020 ވާ ހޯމަ ދުވަހުގެ 10:30 އަށް
މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި މީގެއިތުރުން ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑް ނުވަތަ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. މައުލޫމާތު ސާފުރުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ސުންގަޑިހަމަވުމަށްފަހު ހުށައަޅާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
11 ޝައްވާލް 1144
03 ޖޫން 2020
ޙުސައިން ހަބީބު ޢަލީ
ކައުންސިލްގެ ރައީސް