ދިވެހިރާއްޖެ
c
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
މާމެންދޫ
ދިވެހިރާއްޖެ
ނަންބަރ: (IUL)403-M/403/2020/94
އިޢުލާނު
ކުޅިވަރުކުޅޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމާއި ގުޅޭ
ކުޅިވަރުކުޅޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމަށް ޙަވާލުކުރެވުނު ފަރާތަށް ދީފައިވާ މުއްދަތު 2020 ޖޫންމަހުގެ 20 ވަނަ ދުވަހަށް ހަމަވާތީ، އަލުން ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށް ފަހު ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
* މަޢުލޫމާތު ދިނުން އޮންނާނީ: 7 ޖޫން 2020 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގައި
* ކޯޓޭޝަން ހުށަހެޅުން އޮންނާނީ: 14 ޖޫން 2020 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30ގައި
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ކޯޓޭޝަން ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، ޖަމުއިއްޔާ، ޖަމާޢަތްތަކުން ނަމަ ރަޖިސްޓްރީ ކޮޕީއެއް ގެންނަންވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
09 ޝައްވާލް 1441
01 ޖޫން 2020
ޙުސައިން ހަބީބު ޢަލީ
ކައުންސިލްގެ ރައީސް