ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)22-PU/22/2020/51
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 19:43
ސުންގަޑި: 09 ޖޫން 2020 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްކޫލްތަކުގެ ކުލާސްރޫމްތަކަށް އަތްދޮންނަ ސައިބޯނި ހޯދުމަށް ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

"ސްކޫލް ވޮޝް ޕްރޮގްރާމް" ގެ ދަށުން ސްކޫލްތަކުގެ ކުލާސްރޫމްތަކަށް އަތްދޮންނަ ސައިބޯނި ހޯދުމާގުޅޭ:

  1. ޔުނިސެފްގެ އެހީގައި މިމިނިސްޓްރީން ކުރިއަށްގެންދާ "ސްކޫލް ވޮޝް ޕްރޮގްރާމް" ގެ ދަށުން ސްކޫލްތަކުގެ ކުލާސްރޫމްތަކަށް  12,500އަތްދޮންނަ ސައިބޯނި ފުޅި (500ml) ހޯދުމަށް ބޭނުންވެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  3. މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ޖޫން 03 ން 2020 ޖޫން 06 ގެ ނިޔަލަށް މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ކުރައްވަން ހުށަހަޅުއްވާއިރު ތިރީގައިވާ މަޢުލޫތު ފުރިހަމަ ކުރެއްވުމަށް ދެންނެވީމެވެ.
  • ރަޖިސްޓްރީކުރަން ހުށަހަޅާ ވިޔަފާރީގެ ނަން:
  • އީމެއިލް އެޑްރެސް:
  • ގުޅޭނެ މޯބައިލް ނަންބަރު:

4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020  ޖޫން 07 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

5. މި ޕްރޮޖެކްޓާ ގުޅިގެން ހުށަހަޅާ ބީލަން 2020 ޖޫން 09 ވަނަ ދުވަހުގެ 11:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އީމެއިލް އެޑްރެސްތަކަށް ފޮނުއްވުން އެދެމެވެ.

6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7. ރަޖިސްޓްރީ ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 8 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  9997721, 9715353

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected] ، [email protected],

02 ޖޫން 2020