ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2020/65
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 15:47
ސުންގަޑި: 07 ޖޫން 2020 12:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 ރޯގާއާއި ގުޅިގެން ވަޒިފާގެ ހާލަތަށް ބަދަލު އައިސްފައިވާ ފަރާތްތައް ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ކުރުމާ ގުޅޭ:

 ކޮވިޑް-19 އާއި ގުޅިގެން ވަޒީފާގެ ހާލަތައް ބަދަލެއް އައިސްފައިވާނަމަ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޖޮބް ސެންޓަރަށް ރިޕޯޓް ކުރުމަށް ވަނީ ހުޅުވާލެވިފައެވެ. މި ގޮތުން ކުޅުދުއްފުށި ކައުންސިލް އިދާރާ މެދުވެރިކޮށް ޖޮބް ސެންޓަރަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހަމަޖެހިފައެވެ. މެއި 2020 ގެ އެލަވެންސްއާއި ގުޅޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ކައުންސިލް އިދާރާގެ ކައުންޓަރުން ތިރީގައިވާ ތަވާލްގައިވާ ތަފްސީލާއި އެއްގޮތަށެވެ.

އެލަވަންސް

އެލަވަންސްއަށް ސަރުތު ހަމަވާ ފަރާތްތައް

ފޯމް ބަލައިގަންނަ ތާރީހް އަދި ގަޑި

މެއި 2020

01 މެއި އިން 31 މެއި 2020 ގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް

  • § 03 ޖޫން 2020 ~ 9:30-12:00
  • § 07 ޖޫން 2020 ~ 10:00-12:00

         ފޯމް ހުށައަޅުއްވާއިރު ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުށިހަމަ ކުރެއްވުމަށާއި، ފޯމާއިއެކު ހުށައަޅަންޖެހޭ ލިޔުންތައް ހުށައެޅުއްވުމަށް ސަމާލުކަން ދެއްވުން އެދެމެވެ. ޖޮބް ސެންޓަރަށް ހުށައަޅަންޖެހޭ ފޯމާއި ލިޔެކިޔުންތައް އެ ސެންޓަރުގެ ވެބްސައިޓް https://jobcenter.mv/ އިން ލިބެން ހުންނާނެއެވެ.

ޖޮބް ސެންޓަރުގައި ރިޕޯޓް ކުރުމަށް އެހީތެރިކަން ބޭނުންފުޅުވާނަމަ ޖޮބްސެންޓަރުގެ ކޯލް ސެންޓަރުގެ ނަންބަރު 1475 އަށް ގުޅުއްވުން އެދެމެވެ. ޖޮބް ސެންޓަރު ހުޅުވިފައި ހުންނާނީ އާދީއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 15:00 އަށެވެ.

02 ޖޫން 2020