ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266/266/2020/64
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 11:41
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރު އޮފީސްތައް ރަސްމީކޮށް ހުޅުވެންދެން މި އިދާރާއިން ބައެއް ޚިދުމަތްތައް ފޯރުކޮށްދިނުމާއި ގުޅޭ

ސަރުކާރު އޮފީސްތައް ރަސްމީކޮށް ހުޅުވެންދެން ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެއްކަރުދާސް ކުރެވިފައިވާ ލިސްޓްގައިވާ ޚިދުމަތްތައް ކަނޑައެޅިފައިވާ ދުވަސްތަކުގެ ހެނދުނު 9:30 އިން މެންދުރު 12:00އަށް އާންމުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވާކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. މި ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ހަމަޖެހިފައި ވީނަމަވެސް އާންމު ޚިދުމަތްތަކަށް ކައުންސިލް އިދާރާ ނުހުޅުވޭކަން މި ފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.

ކޮވިޑް-19 ނުރައްކާތެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ކޮންމެހެން ނިކުންނަވަން ޖެހިގެން ނޫނީ ގެއިން ނުނިކުންނެވުމަށާއި ސީއްހީ މާހިރުންގެ ލަފަޔާ އިރުޝާދުތަކަށް ބޯލެބުމަށާއި ގެއިން ނުކުންނަވާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުވުމަށާއި އިޖްތިމާޢީ ގައިދުރުކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރަމެވެ.

 

ސަރުކާރު އޮފީސްތައް ރަސްމީކޮށް ހުޅުވެންދެން އާންމުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފަވާ ޚިދުމަތްތަކުގެ ލިސްޓް

  1. އުފަންދުވަހުގެ ރަޖިސްޓަރީ ހެއްދުން
  2. އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުން
  3. ރައްވެހިންގެ ގޮތުގައި ރަޖިސްޓަރީ ކުރުން
  4. އިމާރާތްކުރުމުގެ ހުއްދަ ދިނުން
  5. އިންފާރު ރޭނުމުގެ ހުއްދަ ދިނުން
  6. މަގު ކޮނުމުގެ ހުއްދަ ދިނުން
  7. ވަގުތީ ގޮތުން މަގު ބަންދު ކުރުމުގެ ހުއްދަ
  8. އޮޑި ދޯނިފަހަރު އެހެލުމާއި މަރާމާތު ކުރުމަށް ހުއްދަ ދިނުން
  9. ވެރިފަރާތް ބަދަލުވެގެން ހައްދަންޖެހޭ ގޯތީގެ ރަޖިސްޓަރީ ހެއްދުން
  10.  ކުޅުދުއްފުށީގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްވެހިން ރަޖިސްޓަރީ ކުރުމާއި ލިޔުން ދޫކުރުން
  11.  އޮޑި ދޯނި ފަހަރު ސާރވޭ ކުރުން (އަލަށް ބަންނަ އުޅަނދު ފަހަރު)
  12.  ފައިސާ ބަލައިގަތުން (ބޭންކް ޓްރާންސްފަރ މެދުވެރިކޮށް)
01 ޖޫން 2020