ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305-MS305/305/2020/47
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 15:53
ސުންގަޑި: 01 ޖަނަވަރީ 1970 05:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުން އަރައިގަނެވެންދެން 9 މީޓަރުން ދަށުގެ އުޅަނދު ފަހަރު މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމާއި ގުޅޭ

 

އިޢުލާން

އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުން އަރައިގަނެވެންދެން 9 މީޓަރުން ދަށުގެ އުޅަނދު ފަހަރު މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމާއި ގުޅޭ

ޢާއިލާއަށް ބޭނުންވާ ކާބޯތަކެތި ހޯދުމުގެ ގޮތުން ރަށްކައިރީ ސަރަޙައްދުތަކަށް މަސްބޭނުމަށް ދަތުރު ކުރުމަށްޓަކައި، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމާއިބެހޭ ޤާނޫން 78/69 ގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް "ރަޖިސްޓްރީކޮށް ސަލާމަތީ ނުހަދާ އުޅަނދުފަހަރާއި، ރަޖިސްޓްރީ ނުކުރާ ޑިންގީފަދަ އުޅަނދުފަހަރު" ދަތުރުކުރުމުގެ ހުއްދައަށް އެދޭތީ، ކޮވިޑް-19 އާ ގުޅިގެން އިޢުލާނުކޮށްފައިވާ ޢާންމު ޞިއްޚަތުގެ ކުއްލި ނުރައްކަލުގެ ހާލަތުން އަރައިގަނެވެންދެން ތިރީގައި މިދަންނަވާ ކަންކަން އުޅަނދު ފަހަރުގެ ވެރިން ފުރިހަމަކޮށް މިކައުންސިލުން ދޫކުރާ ފޯމާއެކު ހުށަހެޅުއްވުމުން އެކަންކަން ފުރިހަމަވާނަމަ، ރަށްކައިރީ ސަރަޙައްދުތަކަށް މަސްބޭނުމަށް ދަތުރުކުރުމުގެ ހުއްދަ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

  1. ރަޖިސްޓްރީ ނުކޮށް ހުރި އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމަށްޓަކައި ބޭނުންވާ، އޮޑީ ނަންބަރު ފޯމާއި، ކަނޑުގައި ދުވއްވާ އުޅަނދު ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމާއި، އުޅަނދު ރަޖިސްޓްރީ ކުރުމަށް އެދޭ ފަރާތުގެ އައިޑީ ކާޑުގެ ފޮޓޯ ކޮޕީއެއް ހުށަހެޅުން.
  2. ޢާންމު ޞިއްޚަތުގެ ކުއްލި ނުރައްކަލުގެ ހާލަތުން އަރައިގަނެވެންދެން މަތީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު 9 މީޓަރަށްވުރެ ކުދި ދޯނި، ޑިންގީ އަދި ބޮއްކުރާގެ ގޮތުގައި ބޭނުންކުރާ އުޅަނދު ފަހަރަށް މަސްވެރިކަން ކުރުމަށްޓަކައި ރަށުގެ ފަރުން ފެށިގެން 6 މޭލަށްވުރެ ބޭރަށް ނުދާނެ ކަމަށް އުޅަނދުގެ ވެރިފަރާތުން އެއްބަސްވުމާއެކު އުޅަނދު އޮޕަރޭޓް ކުރުމުގައި ސަލާމަތީ ގޮތުން ހުންނަން ލާޒިމްކުރާ ކަންކަން އެންމެ މަދުވެގެން (މަސްވެރިކަމުގައި އުޅަނދުން ދަތުރުކުރާ ކޮންމެ މީހަކަށް ލައިފު ޖެކެޓެއް، ދިއްލޭ ގޮތަށް އޮތް ޓޯޗު ބައްތިއެއް، ގުޅޭނެ ފަދަގޮތަކަށް އޮތް ކޮމިއުނިކޭޝަން އާލާތެއް ނުވަތަ ވީ.އެޗް. އެފް ސެޓެއް، ހަންޖަހަން ބޭނުންކުރާ އޮރެންޖު ދިދައެއް، އިންޖީނު މަރާމާތު ކުރެވޭނެ ފަދަ ޓޫލްސްތައް އަދި ދަތުރުރަށް ބޭނުންވާ ވަރަށް ތެލާއި ފެން) އުޅަނދުގައި ދަތުރުކުރާއިރު ހުންނާނެކަމުގެ ޔަޤީންކަން މިކައުންސިލަށް ލިޔުމުން ދިނުން.

އަދި ދަންނަވަމެވެ. ގަވާއިދު ނަންބަރު: 2018/R-81 އާއި ގަވާއިދު ނަންބަރު: 2016/R-16 "ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު" އަށް ފުރަތަމަ އިސްލާޙު ގެނައުމުގެ ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރޭގައި ދުއްވުމަށް ރަޖިސްޓްރީ ކުރެވޭ އުޅަނދުފަހަރުގެ ތެރެއިން، މަސްވެރިކަން ކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒްގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރަށް އަހަރީފީ ވަނީ މާފުކޮށްފައެވެ. އަދި 9 މީޓަރަށްވުރެ ކުދި، ޑިންގީ އަދި ބޮއްކުރާގެ ގޮތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދު ފަހަރުގެ އަހަރީފީވެސް މާފުކޮށްފައިވާކަން އޮޑިވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ވީމާ، މިދެންނެވިފަދަ އުޅަނދުފަހަރުގައި މަސްވެރިކަން ކުރުމަށް އެދޭ އޮޑިވެރިން، މިކައުންސިލުން ދޫކުރާ " ރަޖިސްޓްރީކޮށް ސަލާމަތީ ނުހަދާ އުޅަނދުފަހަރާއި، ރަޖިސްޓްރީ ނުކުރާ އުޅަނދުފަހަރު މަސްވެރިކަން ކުރުމުގެ ހުއްދައަށް އެދޭ ފޯމު" އިން ހުށަހެޅުމަށް ދަންނަވަމެވެ. މިގޮތުން ދެވޭ ހުއްދައިގެން ދަށުން ރަށުގެ ފަރުންފެށިގެން 6 މޭލު ބޭރަށް ދިއުމާއި، އެހެން ރަށްރަށަށް ދިއުމާއި، މިހާލަތުން އަރައިގަނެވެނެންދެން ޢުމުރުން 18 އަހަރުން ދަށުގެ ކުދިން ގޮވައިގެން މަސްވެރިކަން ކުރުމަށް ދިއުމަކީ މަނާ ކަމެއްކަމުގައި ދަންނަވަމެވެ.   

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

09 ޝައްވާލު 1441


01 ޖޫން 2020