ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS-216-PROCUMNET/GS-216/2020/23
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި:
04 ޖޫން 2020 14:00
ތިނަދޫ ސްކޫލް/ ގދ.ތިނަދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުން
ބީލަން ހުށަހެޅުމުގެ ދައުވަތު
- މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށްކުރި (IUL)GS-216-PROCUMNET/GS-216/2020/22 އިޢުލާނާ ގުޅިގެން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެއްމެ ފަރާތަކުން ކަމުގައިވާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު، މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2020 ޖޫން 04 ވާ ބްރާސްފަތި ދުވަހު 14:00ގެ ކުރިން މި ސްކޫލުގެ މެއިލް[email protected] މެދުވެރިކޮށް ސިޓީއަކުން އަންގާ ރަޖިސްޓްރީވުން އެދެމެވެ. ސިޓީގައި މެއިލް އެޑްރެސް އަދި ގުޅޭނެ ނަމްބަރެއް ޖެއްސެވުން އެދެމެވެ. ރަޖިސްޓްރީ ވެފައިވާ ކުންފުންޏަކުން ނުވަތަ ވިޔަފާރިއަކުން މި ބީލަމުގައި ބައިވެރިވާނަމަ، ސިޓީ ފޮނުވަން ޖެހޭނީ، މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ރަސްމީ ލެޓަރހެޑުގައެވެ.
- މި ކަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ޖޫން 07 ވާ އާދީއްތަ ދުވަހުގެ 11:00ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- މި ކަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ޖޫން 10 ވާ ބުދަ ދުވަހުގެ 11:00 ގައި ވައިބަރ ނުވަތަ މެސެންޖަރ އިން އޮންލައިން ކޮށެވެ.
- ބީލަން ހުޅުވުން އޮންނާނީ 2020 ޖޫން 11ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ. ބީލަން ހުޅުވާނެ ގޮތަކާއި ތަނެއް ބީލަމުގައި ބައިވެރިވާ ފަރާތްތަކަށް އެންގޭނެއެވެ.
- މި ޕްރޮޖެކްޓާ ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނޯޓް: ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ދީފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
ތިނަދޫ ސްކޫލް
ގދ.ތިނަދޫ
ފޯން: 6842050/6842060
އީ-މެއިލް[email protected]
01 ޖޫން 2020
01 ޖޫން 2020