ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)BAH-AHR/BAH/2020/12
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 12:54
ސުންގަޑި: 10 ޖޫން 2020 13:00
ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު ( މެޑިކަލް އޮފިސަރ )

މިހޮސްޕިޓަލާއި މިހޮސްޕިޓަލްގެ ދަށުން ހިނގަމުންދާޞިއްޙީމަރުކަޒުތަކުގައި މަސައްކަތްކުރައްވާ ބިދޭސީ ޑޮކްޓަރުންގެ ބަދަލުގައިދިވެހި ޑޮކްޓަރުން ހޯދުމަށް ބޭނުންވެއެވެ. މިވަޒީފާއަށް ބޭނުންވަނީމަސައްކަތަށް ޝަޢުޤުވެރިކަން ހުރި ޤާބިލް މީހުންނެވެ.

މަޤާމު

މެޑިކަލް އޮފިސަރ

މަޤާމުގެ ނަންބަރު

-

ބޭނުންވާ އަދަދު

08 (އަށެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން

ޖެނެރަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރޒް

ވަޒީފާ އަދާކުރަންޖެހޭ ތަން

ބ. އަތޮޅު ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުން ހިންގާ މަރުކަޒުތައް

އެހެނިހެން އެލަވަންސް:

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ބަލިމީހާއާއި އޭނާގެ އާއިލާއާއި ވާހަކަ ދައްކާ ޖިސްމާނީ އަދި ނަފްސާނީ ބެލުންތައް ބަލައިގެން ބަލިހާލަތު ދެނެގަތުން.
  • ބަލިހާލަތު ދެނެގަތުމަށް ބޭނުންވާ ތަހުލީލުތައް ކުރުމަށް އެންގުމާއި އެ ތަހްލީލުތަކުގެ ނަތީޖާ ބަލާ ފަރުވާ ކުރިޔަށް ގެންދިއުން.
  • ބަލިމީހާއަށް ބޭސް ލިޔެދިނުމާއި ފަރުވާ ކުރުމާއި ކައުންސިލިންގްދިނުމާއި ބަލިތަކުން ރައްކާތެރިވުމަށް އިރުޝާދު ދިނުމާއި، ބަލިމީހާގެހާލަތު ގަވައިދުން މޮނިޓަރކުރުން.
  • ފަރުވާއަށް ބޭނުންވާ ޑޮކްޓަރީ ޕްރޮސީޖާތަކާއި އޮޕަރޭޝަންތައް ކުރުމުގައި އެހީތެރިވުން.
  • އާއްމު ސިއްޙަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައިއާއްމުން ހޭލުންތެރި ކުރުމަށް ހިންގާ ޕްރޮގްރާމްތައް ރޭވުމުގައާއިހިންގުމުގައި ބައިވެރިވުން.
  • ރިފަރ ކުރަންޖެހޭ ހާލަތްތަކުގައި ފަރުވާއަށް ބޭނުންވާ ޙާއްސަ ސެންޓަރުތަކާއި ހޮސްޕިޓަލްތަކަށް ބަލިމީހާ ރިފަރކުރުން.
  • މާބަޑު ދުވަސްވަރާއި ވިހެއުމުގެ ތެރޭގައާއި ވިހެއުމުގެ ފަހުން ދިމާވާނެނުރައްކާތެރި ހާލަތްތައް ދެނެގަނެ، ފަރުވާކޮށް އަދި ރިފަރ ކުރަންޖެހޭހާލަތްތަކުގައި ރިފަރކުރުން.
  • ބަލިމީހާގެ ޞިއްޙީ މަޢުލޫމާތު ލިޔެ ރެކޯޑްކޮށް މި މަޢުލޫމާތު މައްޗަށްބިނާކޮށް ސްޕެޝަލިސްޓް ޑޮކްޓާރުންގެ ލަފާގެ މަތިން މެދުކެޑި ފަރުވާކުރިއަށް ގެންދިއުމާއި ޓީމުގެ އެހެން ޞިއްޙީ ހިދުމަތްތެރިންނާއިހިއްސާކުރުން.
  • ގާނޫނީ އަދި ފަންނީ ވާޖިބު އަދާކުރުމުގެ ގޮތުން ފޯރުކޮށްދޭންޖެހޭމަޢުލޫމާތާއި، ވިހާ މަރުވާ މީހުންގެ މަޢުލޫމާތާއި އަދި ނޯޓިފައި ކުރަންޖެހޭބަލިތަކުގެ މަޢުލޫމާތު ކަމާބެހޭ ދަޢުލަތުގެ އިދާރާތަކާ ހިއްސާކޮށްދިރާސާތަކާއި ތަހުގީގުތަކުގެ އެހީތެރިވުން.
  • އިންސާނުންނަށް ކުރިމަތިވާ ޚާއްސަ ސިއްޙީ ހާލަތްތަކާއި ބަލިތަކުގެއަސްލު ދެނެގަތުމާ ބެހޭ ދިރާސާތައްކޮށް އެބަލިތަކުގެ ފަރުވާއާއިރައްކާތެރިވުމާއިބެހޭ ދިރާސާތައްކޮށް ސައިންޓިފިކް ރިޕޯޓްތަކުގައިޝާއިރުކުރުން.
  • އެކިއެކި ހާނިއްކަ ލިބިގެން ޞިއްހީ ޙިދުމަތް ހޯދުމަށް އަންނަފަރާތްތަކަށް ފަރުވާ ދިނުމާއި، ތަހުޤީޤީ އިދާރާތަކަށް ބޭނުންވާ މަޢުލޫމާތުފޯރުކޮށްދިނުން.

ތަޢުލީމާއި ތަޖުރިބާ (ސީނިއަރ މެޑިކަލް އޮފިސަރ)

ސިވިލް ސަރަވިސްގެ ރޭންކް

އަސާސީ ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސާރވިސް އެލަވަންސް

CS 14-5

ސީނިއަރ މެޑިކަލް އޮފިސަރ، ސީ.އެސް 14-4 ގްރޭޑްގައި 2 އަހަރުމަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85އިން މަތިން މާކްސް ހޯދިފައިވުން.

22,040/-

8,250/-

CS 14-4

ސީނިއަރ މެޑިކަލް އޮފިސަރ، ސީ.އެސް 14-3 ގްރޭޑްގައި 2 އަހަރުމަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85އިން މަތިން މާކްސް ހޯދިފައިވުން.

21,070/-

8,250/-

CS 14-3

ސީނިއަރ މެޑިކަލް އޮފިސަރ، ސީ.އެސް 14-2 ގްރޭޑްގައި 2 އަހަރުމަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85އިން މަތިން މާކްސް ހޯދިފައިވުން.

20,110/-

8,250/-

CS 14-2

ސީނިއަރ މެޑިކަލް އޮފިސަރ، ސީ.އެސް 12-5 ގްރޭޑްގައި 2 އަހަރުމަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85އިން މަތިން މާކްސް ހޯދިފައިވުން.

19,230/-

8,250/-

ތަޢުލީމާއި ތަޖުރިބާ(މެޑިކަލް އޮފިސަރ)

 

ސިވިލް ސަރަވިސްގެ ރޭންކް

އަސާސީ ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސާރވިސް އެލަވަންސް

CS 12-5

މެޑިކަލް އޮފިސަރ، ސީ.އެސް 12-4 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށްމަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިންމާކްސް ހޯދިފައިވުން.

 

18,350/-

8,250/-

CS 12-4

މެޑިކަލް އޮފިސަރ، ސީ.އެސް 12-3 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށްމަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިންމާކްސް ހޯދިފައިވުން.

17,490/-

8,250/-

CS 12-3

1- މޯލްޑިވްސް މެޑިކަލް އެންޑްޑެންޓަލް ކައުންސިލް ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއްހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްޤަބޫލުކުރާ 1 އަހަރަށްވުރެ ކުރުނޫން އަދި 2 އަހަރަށްވުރެ ދިގުނޫންޑިޕްލޮމާއެއް ފެމިލީ މެޑިސިން ނުވަތަ ޖެނެރަލް ޕްރެކްޓިޝަނަރ ދާއިރާއިންހާސިލް ކޮށްފައިވުމާއިއެކު، މެޑިކަލް އޮފިސަރ، ސީ.އެސް 12-2 ގްރޭޑްގައި 1އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ %85 އިންމަތިން މާކްސް ހޯދިފައިވުން.

2-މެޑިކަލް އޮފިސަރ، ސީ.އެސް 12-2 ގްރޭޑްގައި 2 އަހަރުދުވަހު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސަ ހޯދިފައިވުން.

 

16,630/-

8,250/-

CS 12-2

1-މޯލްޑިވްސް މެޑިކަލް އެންޑްޑެންޓަލް ކައުންސިލް ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއްހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްޤަބޫލުކުރާ ޓީޗިންގް ހޮސްޕިޓަލެއްގައި 1 އަހަރު ދުވަހުގެ އިންޓަރންޝިޕްފުރިހަމަކޮށްފައިވުމާއިއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލްކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަލިބިފައިވުމާއިއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްޤަބޫލުކުރާ 1 އަހަރަށްވުރެ ކުރުނޫން އަދި 2 އަހަރަށްވުރެ ދިގުނޫންޑިޕްލޮމާއެއް ފެމިލީ މެޑިސިން ނުވަތަ ޖެނެރަލް ޕްރެކްޓިޝަނަރ ދާއިރާއިންހާސިލްކޮށްފައިވުން.

2-މެޑިކަލް އޮފިސަރ، ސީ.އެސް 12-1 ގްރޭޑްގައި 2 އަހަރުދުވަހު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސަ ހޯދިފައިވުން.

 

15,850/-

8,250/-

CS 12-1

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ ބޭސިކްމެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުމާއިއެކު، މޯލްޑިވްސް މެޑިކަލް އެންޑްޑެންޓަލް ކައުންސިލް ޤަބޫލުކުރާ ޓީޗިންގް ހޮސްޕިޓަލެއްގައި 1 އަހަރުދުވަހުގެ އިންޓަރންޝިޕްފުރިހަމަ ކޮށްފައިވުމާއިއެކު، މޯލްޑިވްސް މެޑިކަލްއެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަލިބިފައިވުން.

15,090/-

8,250/-

ގުޅޭ ވަޒީފަގެ ދާއިރާތައް

ޖެނެރަލް މެޑިކަލް ޑޮކްޓަރ

ތައުލީމީ ރޮގުތައް

ޖެނެރަލް މެޑިކަލް ކޮލިފިކޭޝަން (އެލޯޕެތިކް މެޑިސިންގ(

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެwww.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ބ. އަތޮޅު ހޮސްޕިޓަލުގެ އޮފީހުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު(އެއްއިދާރާއެއްގެތަފާތުމަޤާމުތަކުގައިވަޒީފާއަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް(އެއްއިދާރާއެއްގެތަފާތުމަޤާމުތަކުގައިވަޒީފާއަދާކޮށްފައިވީނަމަވެސް) ވަކިވަކިންބަޔާންކޮށްފައިވާއަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ) ދައުލަތުގެއިދާރާތަކާއިސަރުކާރުހިއްސާވާކުންފުނިތަކުގެތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއްއިދާރާއެއްގެތަފާތުމަޤާމުތަކުގައިވަޒީފާއަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީޖަމްއިއްޔާ/ޖަމާއަތެއްގައިމަސައްކަތްކޮށްފައިވާނަމަ،އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެތަފާތުމަޤާމުތަކުގައިވަޒީފާއަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުންދޫކޮށްފައިވާ ލިޔުންއަދިއެޖަމްޢިއްޔާ/ޖަމާޢަތަކީހިނގަމުންދާޖަމްޢިއްޔާ/ޖަމާޢަތެއްކަންބަޔާންކޮށްއެތަނަކުންދޫކޮށްފައިވާލިޔުން

9- މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

(ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މިނިސްޓްރީ އޮފް ހެލްތްގެwww.health.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  10 ޖޫން 2020 ގެ 13:00 ގެ ކުރިން، ބ. އަތޮޅު ހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ  11ޖޫން 2020 އާއި 14ޖޫން 2020 އާ ދެމެދު، ބ.އަތޮޅު ހޮސްޕިޓަލު ގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މިއިދާރާގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6608309ފޯނު ނަމްބަރަށެވެ. އީ-މެއިލް ކުރާނީ[email protected]މެއިލް އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ"(http://www.csc.gov.mv/dv/recruitment-usoolu)އިން ލިބެން ހުންނާނެއެވެ.

01 ޖޫން 2020