ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނެއްގައި 2020 ޖޫން 02 އަދި 03 ވަނަ ދުވަހުގެ ރޭގަނޑު 18:00 އިން 23:59 އަށް ސ.ގަން ޓްރޭނިންގ ސެންޓަރުގައި ނައިޓުފަޔަރިންގ ތަމްރީނުތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މިއޮތޯރިޓީއަށް އަންގާފައިވެއެވެ. މި ތަމްރީނުތަކުގައި ސ. ގަން ޓްރޭނިންގ ސެންޓަރުގެ ރޭންޖުއިން ހުޅަނގު ދެކުނަށް ބަޑި ޖެހުމަށް ހަމަޖެހިފައިވާތީ އެކަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ. ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް 1. ބޭނުންކުރާ ހަތިޔާރު/ ޕައިކޯ ޓެކްނިކްސް އޭކޭ ސީރީޒްގެ ރައިފަލް، މެޝިންގަން އަދި ފްލެޔާސް 2. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިން 5400 މީޓަރު 3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން 200 މީޓަރު 4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން ސީ ލެވެލް 5. ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން ސ. ގަން ޓްރޭނިންގ ސެންޓަރުގެ ރޭންޖްއިން ހުޅަނގު ދެކުނު
ވީމާ، ސ. ގަން ހުޅަނގު ދެކުނުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ. 06 ޝައްވާލު 1441 ހ. 29 މޭ 2020 މ
|